ރައީސްގެ ސަޢުދީ ދަތުރުފުޅުގެ ތެރެއިން
ރައީސްގެ ސަޢުދީ ދަތުރުފުޅުގެ ތެރެއިން
ސަޢޫދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ސަޢޫދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، ސަޢުދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށް، އަދި އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.

އޭގެއިތުރުން ރައީސް ވިދާޅުވީ، ސަޢޫދި އަރަބިއްޔާއަކީ ދިވެހިރާއްޖޭގެ ގާތް އެކުވެރި ޤައުމެއް ކަމަށެވެ. ހަމަ އެހެންމެ، ސަޢޫދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ ވެސް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ޔަޤީން ކުރަށްވާ ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ސަޢޫދީ އަރަބިއްޔާއިން މިއަދު ފާހަގަކުރަމުންދަނީ، އެޤައުމުގެ 95 ވަނަ ޤައުމީ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް