މި ސަރުކާރުގެ އިޤްތިޞާދީ އެއްވެސް މިސްރާބެއް ނެތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ސަރުކާރުން މިހާރު ގެންގުޅޭ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ވިދާޅުވީ ދުނިޔެއިން ތަޖުރިބާކޮށްފައިވާ ނާކާމިޔާބު މޮޑެލްތަކަށް މި ސަރުކާރުން އިޤްތިޞާދު ބައްޓަންކުރަމުންދާ ކަމަށެވެ. އުމަރު ވިދާޅުވީ، އިޤްތިޞާދީ ޑައިރެކްޝަނަކީ ދަތުރުކުރާ މިސްރާބު ކަމަށާއި، މި ސަރުކާރުގައި އިޤްތިޞާދީ އެއްވެސް ޑައިރެކްޝަނެއް ނެތް ކަމަށެވެ.
އެގޮތުން ޤައުމުތައް އިޤްތިޞާދީ ގޮތުން ކޮޅަށް ތެދުވުމުގައި ދުނިޔެއިން ތަޖުރިބާކޮށްފައިވާ ގޮތްތަކާއި، ކާމިޔާބު އަދި ނާކާމިޔާބު މޮޑެލްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން އުމަރު ވަނީ ވަރަށް ގިނަ ނުކުތާތައް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސިންގަޕޫރު، މެލޭޝިޔާ އަދި އިންޑޯނޭޝިޔާ ފަދަ ޤައުމުތަކުން އިޤްތިޞާދު ބިނާކުރުމަށް ބޭނުންކުރި މޮޑެލްތަކާއި، އެ ކުރިއެރުން ހޯދީ ކޮން ޕްރިންސިޕަލްތަކެއްގެ މައްޗަށް ބިނާކޮށްކަން މުޅި ދުނިޔެއަށްވެސް އެނގި ހާމަވެފައިވާކަމަށެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަނުމަކީ، މުޅި ދުނިޔެއިން ތަޖުރިބާކޮށްފައި އޮތް ނާކާމިޔާބު މޮޑެލްއެއް ކަމަށެވެ. ސަރުކާރުން އާންމުން ވާދަކުރާ ވިޔަފާރީގެ ތެރެއަށް ވަދެ، ވިޔަފާރިކުރުން ހުއްޓާލުމަށް އުމަރު ގޮވާލެއްވިއެވެ.
އޭގެ މިސާލެއްގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ހިންގުމާއި، ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދުއްވުމަށް ނުވަތަ ޓެކްސީ ކުންފުނި ހިންގުމަށް ވަނުމާއި، އެސްޓީއޯ އަދި އާސަންދައިން އައިނު ކުންފުނި ހިންގުމަކީ އިކޮނޮމިކް ޕްރިންސިޕަލްތަކާ މުޅިން ޚިލާފު ކަންކަން ކަމުގައި އުމަރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން ސަރުކާރުން ކުރުމަކީ ކުރަން ހެޔޮވާވަރު ކަންކަމެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާފައިވާ އުމަރު މިހާރު ވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެ ކަން އިއުލާން ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު