ކޮޅުމަޑުލު މަޑިފުށްޓާއި ދިޔަމިގިލި ގުޅުވާލުމަށް ޤާއިމުކުރެވޭ ކޯޒްވޭގެ މަޝްރޫޢުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ، މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަޑިފުއްޓާއި ދިޔަމިގިއްޔާ ދެމެދު ކޯޒްވޭއެއް ހެދުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމަށާއި، މި ކޯޒްވޭ ދިޔަމިގިލިން އުފުރިޔާއާ ހަމައަށްވެސް ދާނެ ކަމަށެވެ. ސަރުކާރުން ކޮންމެ މަޝްރޫޢެއްވެސް ކުރިއަށް ގެންދަނީ ވަކި އުސޫލުތަކަކާއި، ގަވާއިދުތަކެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ކޯޒްވޭގެ މަސައްކަތާ ގުޅޭ ޓެކްނިކަލް ހުރިހާ ކަމެއް ނިންމައި، ޓެންޑަރިންގ ޕްރޮސެސް މިރެއަށް ނިމިގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ކުރިން މިދަތުރުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ބެލެވުނު ނަމަވެސް، ހުރިހާ ކަމެއް ނިމުމުން މާދަމާ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިޔަމިގިއްޔާއި މަޑިފުށި އަދި ފުރިޔާއާ ގުޅުވާ ކޯޒްވޭގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި މާދަމާ ސޮއިކުރުމަށްފަހު އެމަސައްކަތް ފެށޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު