އަންނަ އަހަރުގެ އިންތިހާބަށް ޖަހާކަޑައިން މަޑިފުށީގައި 50 ހައުސިންގ ޔުނިޓު މަޝްރޫޢެއް ކުރިއަށްގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޑިފުށީގައި ހިންގާ 50 ހައުސިން ޔުނިޓުގެ މަޝްރޫޢުގައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ކުރިއަށް ގެންދަވާނެ ކަމަށެވެ. އެމަޝްރޫޢުގެ ތެރެއިން 50 އާއިލާއަށް ބޯހިޔާވަހިކަމުގެ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކައުންސިލް މެދުވެރިކޮށް ރައްޔިތުން އެދޭ ކަންކަން ހިއްސާކުރެއްވުމުން، ވަކި ސަރަޙައްދެއްގައި ހިންގާ މަޝްރޫޢެއްގެ ގޮތުގައި، ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރާ ގޮތަށް، އެ މަޝްރޫޢު ހިންގަވައިދެއްވާނޭކަމަށެވެ. ރަށު ކައުންސިލް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ގޮތެއް ސަރުކާރަށް ހުށަހެޅުއްވުމުން އެގޮތަށް އެކަން ފައިނަލާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓު މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށާއި، ބަޖެޓުގައި މި މަޝްރޫޢު ހިމަނައިގެން، ވީހާވެސް އަވަހަކަށް މަޝްރޫޢު ފެށޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ވަނީ މަޑިފުށީ ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ވިދާޅުވީ ހައުސިން މަޝްރޫޢުގެ ތެރެއިން ލޭންޑް ޕްލޭނުގައި ކަނޑައަޅާ ވަކި ސަރަޙައްދެއްގައި ހައުސިން ޔުނިޓްތައް އަޅައި އަމިއްލަ ގޯތީގައި ގެއަޅައިދޭނެ ކަަމަށެވެ. އެގޮތަށް ބައެއް ރަށްރަށުގައި މިހާރުވެސް މިދެގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ނި ޮޕ
މިދަތުރުފުޅުގައި ހިމެނިގެން މިއަދު މަޑިފުށީގައި ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާފައެވެ. އެގޮތުން، ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާފައެވެ.
މި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ، މިއިން ކޮންމެ މަސައްކަތެއްވެސް ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނޭ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން، ފުލުހުންގެ ވެހިކަލެއްވެސް ރަށަށް ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވަނީ، ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވިކަމުގެ ލިޔުން، މަޑިފުށީ ކައުންސިލާ ހަވާލުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު