މިމަހުގެ 16 ވަނަ ދުވަހު މާލޭގައި ހިންގި މުޒާހަރާގެ ތެރެއިން-
މިމަހުގެ 16 ވަނަ ދުވަހު މާލޭގައި ހިންގި މުޒާހަރާގެ ތެރެއިން-
މީޑިޔާ ބިލާ ދެކޮޅަށް ނޫސްވެރިން ކުރި މުޒާހަރާ ރޫޅާލަން ފުލުހުން ބާރުގެ ބޭނުންކުރި މައްސަލަ ބަލަމުންދާކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.

މިކަމާ ގުޅިގެން މިއަދު އެކޮމިޝަނުން އާންމުކުރި ބަޔާނުގައި އެކޮމިޝަނުން ބަލަމުންދަނީ، ސެޕްޓެމްބަރުމަހު 16 ވަނަ ދުވަހު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" އާ ދެކޮޅަށް ކުރި އިހުތިޖާޖު ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތާއި، އަދި އެއިހުތިޖާޖު ރޫޅާލުމަށް ޤާނޫނާއި ޤަވާއިދާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާކަމަށް ބުނެ ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައްކަމަށް ފާހަގަކޮށްފައިވެއެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނީ މީސްމިޑިއާގައި ފުލުހުންނަށް ކުރެވޭ މި ތުހުމަތުތައް، އެ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބަލަން ނިންމާފައިވާކަމަށެވެ.



ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މިފަދަ ބަޔާނެއް މިއަދު ނެރެފައިވާއިރު، މީޑިއާ ބިލު ބޭރުކުރުމަށް ގޮވާލައި މިމަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ އެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. އެހެންކަމުން، ފުލުހުން އެ ސަރަޙައްދުގައި އެދުވަހު ޙަރަކާތްތެރިވެފައި ވަނީ، ޤާނޫނާ ޚިލާފު އެއްވުމެއް ހުއްޓުވުމަށާއި ޢާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާނޫނީ ވާޖިބު އަދާކުރުމަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު