ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމަށް ގެންނަން ސޮއިކުރެއްވި ސަތޭކަ ޢިލްމުވެރިން ޣާފިލްކަމުގެ ނިދިން ހޭލަން ދީނީ އިލްމްވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުޙައްމަދު އިޔާޒު، ގޮވާލައްވައިފިއެވެ.
އެކްސްގައި (ކުރީގެ ޓްވިޓަރ) ކުރެއްވި ޕޯސްޓެއްގައި ދީނީ އިލްމްވެރިޔާ ޑރ މުޙައްމަދު އިޔާޒު، ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމަށް ގެންނަން ސޮއިކުރެއްވި ސަތޭކަ ޢިލްމުވެރިން އެބޭފުޅުން ޣާފިލުކަމުގެ ނިދިންތެދުވެ، ﷲ އަށް ބިރުވެތިވެ، އިޚްލާޞްތެރިކަމާއި އެކު ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް މަނާކުރަން ޖެހޭކަމަށެވެ. ޑރ. އިޔާޒު ވިދާޅުވިގޮތުގައި، ކަންކަން ހުއްދަވެފައި ޙަރާމްވަނީ ވަކިބަޔަކު ވެރިކަމުގައި ތިބީމައެއް ނޫނެވެ.
އެ އިލްމްވެރިންނަށް އެކަން ހަނދާންކޮށްދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ، މިވަބާވެރިކަން ދިވެހި އުއްމަތަށް ފާކުރެއްވުމުގެ އެންމެ ބޮޑު އެއްސަބަބަކީ އެބޭފުޅުންކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެބޭފުޅުންގެ ޒިންމާތައް އަދާކުރައްވަން ގޮވާލައްވަމުން، އެއިލްމްވެރިން ޒިންމާ އަދާނުކުރާނަމަ ޤިޔާމަތް ދުވަހުން އެބޭފުޅުންގެ ޙައްޤު މާފެއް ނުކުރާނެ ކަމުގެ އިންޒާރު ވެސް ޑރ. އިޔާޒު ވަނީ ދެއްވާފައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ދީނީ ދާއިރާގައި މަޝްހޫރު ބައެއް އިލްމްވެރިން، ޑރ. މުޙައްމަދު މުޢިއްޒުއަށް ތާއީދުކޮށް ސޮއިކުރައްވައި ބަޔާނެއް ނެރުއްވިއެވެ. މިއީ އެކަމުގައި ޑރ. އިޔާޒުގެ ރަޢުޔު ބަޔާންކޮށް އެ އިލްމްވެރިންގެ މައްޗަށް ދީނީ އަދި އިޖްތިމާޢީ ޒިންމާތަކެއް އޮތްކަން ހަނދާންކޮށްދެއްވުމުގެ ގޮތުން ކުރެއްވި އިޝާރާތެއް ކަމަށް ބެލެވެއެެވެ.

ކިޔުންތެރިންގެ ހިޔާލު