ސަރުކާރުން އެމްއޭސީއެލް ބޭނުން ކުރަނީ ޒިންމާދާރުކަމެއްނެތި ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީޙް މިހެން ވިދާޅުވީ، ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ބައެއް އިންފްރާސްޓަރަކްޗަރ މަސައްކަތްތައް އެމްއޭސީއެލް އަށް ޙަވާލު ކުރަމުން ގެންދާތީ ކަންބޮޑުވުން ފާޅުކުރަށްވައި މީސް މީީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ދާދިފަހުން ވިލިފުށީ އެއަރޕޯޓްގެ މަސައްކަތް އެމްއޭސީއެލް އަށް ހަވާލު ކޮށްފައިވާތީ މަލީޙް ވަނީ ކަންބޮޑުވުން ފާޅު ކުރަށްވާފައެވެ. އަދި އެމްއޭސީއެލް މިހާތަނަށް ހިންގަމުން އައީ ޕްރޮފެޝަނަލްކޮށް ކަމަށްވެސް މަލީޙް ވިދާޅުވިއެވެ.
"ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީއަކީ އެސިނާއަތު ސިޔާސީ ނުކޮށް ދޫކޮށްފަ އޮތުން.. މުއިއްޒު ސަރުކާރުން އެކުންފުނި ބޭނުން އެކުރަނީ ކިރުފެލަން. އެއްވެސް ޒިންމާދާރުކަމެއް ނެތި. ފައިސާ އިސްރާފުކުރަނީ." މަލީޙް ވިދާޅުވިއެވެ.
މަލީޙް މިހެން ވިދާޅުވެފައިވާއިރު، 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ތައް ޢިމާރާތް ކުރުމަށްވެސް ދާދިފަހުން ވަނީ އެމްއޭސީއެލް އަށް ޙަވާލު ކޮށްފައެވެ. އޭގެ އިތުރުން ތ. ވިލުފުށީ އެއާޕޯޓްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، އިއްޔެއިން ފެށިގެން ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމަން ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު