ވޯޓަށްް އަޅާ ބިންގަލަކީ ނިޢުމަތެއް ނޫން ކަމަށާއި އެއީ މުސީބާތެއް ކަމަށް މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އިސްލާޙުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރު މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
އެމްޓީސީސީގެ އެމްޑީގެ މަޤާމުވެސް ފުރުއްވާފައިވާ އިޤްތިޞާދީ މާހިރު ނަސީމް މިހެން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު މިހާރު އަތޮޅު ތެރެއަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ގިނަ ޢަދަދެއްގެ އައު މަޝްރޫޢުތަކެއްގެ ބިއްގާ އަޅުއްވައި ދެއްވަމުން ގެންދަވާތީ އެކަމަށް ފާޑު ވިދާޅުވުމުގެ ގޮތުންނެވެ.
އެގޮތުން ނަސީމް ވިދާޅުވީ، ދުރުރާސްތާ ރޭވުމެއް ނެތި ކޮންމެ ރަށެއްގައި އެއަރޕޯޓާއި، ހޮސްޕިޓަލާއި، ސީޕޯރޓާއި، ފައިނޭންޝަލްހަބާއި، ފުލެޓްގެ ބިންގާއެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
"ބިންގާއަޅާފަ، ދަގަނޑު ތަކުގައި ދަބަރުޖެހީމާ ދެން އެނގޭނެ (ވޯޓަށް އަޅާ ތަރައްގީގެ ބިންގަލަކީ ނިއުމަތެއް ނޫންކަން ބޮޑު މުސީބާތެއްކަން). މިކުޅިހުއްޓާލަބަލަ!" ނަސީމް ވިދާޅުވިއެވެ.
ހަމައެއާއެކު ނަސީމް ވިދާޅުވީ، މިވަގުތު އިސްކަންދޭންވީ އިސްރާފުގެ ގޮތުގައި ހޭދަކުރުމުގެ ބަދަލުގައި އެއްޗެއްލިބޭނެ ކަމެއްކުރަން ކަމަށެވެ. އެގޮތުން މަސްވެރިކަމާއި އިމާރާތް ކުރުންފަދަ ލޯކަލް އިންކަމް އަދި އެމްޕްލޯއިމެންޓް އަރަފޯދޭ ކަންތައް ކުރަންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ގައުމެއް ކުރިއަށްދާނީ މީހުން ބޭނުންވާ ގޮތަށް ކަމަށާއި، މީހުން ނުބައި ގައުމެއް ރަނގަޅު ނުވާނެކަންވެސް ނަސީމް ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން ނަސީމް ވިދާޅުވީ، މިގައުމުގެ ހާލަތަށް ވިސްނާލުމުންނާއި، ސަރުކާރުތަކުގެ ސިޔާސަތުތައް ފެނުމުން މިއީ ތަޢުލީމީ ޤައުމެއްހެން ހީނުވާ ކަމަށެވެ.

ދުރުރާސްތާ ރޭވުމެއް ނެތި ، ކޮންމެ ރަށެއްގަ އެއަރޕޯޓެއް ، ހޮސްޕިޓަލެއް، ސީޕޯރޓެއް ، ފައިނޭންޝަލްހަބެއް، ފުލެޓުބަރިއެއްގެ ބިންގާއަޅާފަ ، ދަގަނޑު ތަކުގަ ދަބަރުޖެހީމާ ދެން އެނގޭނެ (ވޯޓަށް އަޅާ ތަރައްގީގެ ބިންގަލަކީ ނިއުމަތެއް ނޫންކަން ބޮޑު މުސީބާތެއްކަން). މިކުޅިހުއްޓާލަބަލަ! ދީ?
— NafaNaseem (@monasibnaseem) September 24, 2025
ހަމައެއާއެކު ނަސީމް ވިދާޅުވީ، މިވަގުތު އިސްކަންދޭންވީ އިސްރާފުގެ ގޮތުގައި ހޭދަކުރުމުގެ ބަދަލުގައި އެއްޗެއްލިބޭނެ ކަމެއްކުރަން ކަމަށެވެ. އެގޮތުން މަސްވެރިކަމާއި އިމާރާތް ކުރުންފަދަ ލޯކަލް އިންކަމް އަދި އެމްޕްލޯއިމެންޓް އަރަފޯދޭ ކަންތައް ކުރަންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ގައުމެއް ކުރިއަށްދާނީ މީހުން ބޭނުންވާ ގޮތަށް ކަމަށާއި، މީހުން ނުބައި ގައުމެއް ރަނގަޅު ނުވާނެކަންވެސް ނަސީމް ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން ނަސީމް ވިދާޅުވީ، މިގައުމުގެ ހާލަތަށް ވިސްނާލުމުންނާއި، ސަރުކާރުތަކުގެ ސިޔާސަތުތައް ފެނުމުން މިއީ ތަޢުލީމީ ޤައުމެއްހެން ހީނުވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު