އަހުމަދު ޝާހް   25 ސެޕްޓެމްބަރު 2025 - 11:15
ތ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުން
ތ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުން
ތ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ތ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އާރުޓީއެލް ފެރީން ގުޅާލާފައިވާ ކަމަށެވެ. އަލަށް އާއުޓީއެލްގެ ޚިދުމަތް ފަށާފައިވާ ތ. އަތޮޅު ހިމެނެނީ ޒޯން 4ގަ އެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް، ޖައިކާއިން ދަނީ ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ހިދުމަތް ފެށުމަށް ބޭސްލައިން ސާވޭއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. ތ. އަތޮޅުގެ އިތުރުން ޒޯން 4ގައި ހިދުމަތް ހިމެނޭ އަތޮޅުތަކަކީ މ، ފ، ދ އަދި ލ. އަތޮޅެވެ.

އާރުޓީއެލް ފެރީ ނިޒާމްގެ ދަށުން މިހާތަނަށް 12 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައެވެ.

ރައީސް ޞާލިޙްގެ ސަރުކާރުގެ ދަތުރުފަތުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފް ކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ގެ މަސައްކަތް އެ ސަރުކާރުގެ ދައުރު ހަމަވީއިރު އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު