އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގައި ތިބީ 58 ސިޔާސީ މީހުން ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތެއް ކަމަށްބުނެ ރަޝްވާންގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން މީސްމީޑިއާގައި ޢާއްމު ކޮށްފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ގެދޮރުވެރިކަމާބެހޭ ވުޒާރާގައި ތިބި ސިޔާސީ 58 މީހުންގެ ތެރޭގައި 25 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 13 ޑެޕިއުޓީ މިނިސްޓަރުން ހިމެނެއެވެ.
ހަމައެއާއެކު 11 ޕޮލިޓިކަލް ޑިރެކްޓަރުން ތިބިކަމަށް ބުނެފައިވާއިރު އެ މަޢުލޫމާތު ތަކުގައި ސްޓޭޓް މިނިސްޓަރުންގެ މަޢުލޫމާތެއް ނެތެވެ. މި މަޢުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ވުޒާރާއިން ފޯރުކޮށްދިން މަޢުލޫމާތު ކަމަށްވެސް މީސްމީޑިއާ އެކައުންޓްގައި ބުނެފައިވެއެވެ. އަދި ސިޔާސީ މުވައްޒަފުންނަށް އެ ވުޒާރާއިން 1.2 މިލިއަން ރުފިޔާ ޚަރަދު ކުރާކަމަށްވެސް އެކްސް އެކައުންޓުން ޢާއްމު ކުރި މަޢުލޫމާތުގައިވެއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާގައި 58 ސިޔާސީ މީހުން ތިބިކަމަށް ބުނެފައިވާއިރު، ސިޔާސީ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ބަލަހައްޓަނީ ފިނޭންސް މިނިސްޓްރީން ނޫން ކަމަށް އެވުޒާރާއިން ދާދިފަހުން ބުނެފައިވެއެވެ.
ނަމަވެސް މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކެއް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން އޭރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 992 އެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،280 މީހުން އެބަތިބި ކަމަށެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 992 ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެކަމުގެ ވައުދާ އެކުގައެވެ.

State ministers missing btw along side ministers PAs https://t.co/wxQQn9uloQ
— Rashwan (@rsh1Mohamed) September 25, 2025
ނަމަވެސް މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކެއް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން އޭރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 992 އެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނެފައިވަނީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2،280 މީހުން އެބަތިބި ކަމަށެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 992 ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވާއިރު، މި ސަރުކާރު ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެކަމުގެ ވައުދާ އެކުގައެވެ.
ކިޔުންތެރިންގެ ހިޔާލު