ޤައުމުގައި ހުއްޓުވިފައި ހުރި މުންކަރާތްތައް އާލާކޮށް ދިރުވާތީ ޑރ. މުޙައްމަދު އިޔާޒް ކަންބޮޑުވުން ފާޅު ކުރަށްވައިފިއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ، މާލޭގައި ދާދިފަހުން ހުޅުވި ބެލެންސް ސްޓޫޑިއޯގެ ލޯގޯއަށް އަމާޒުވަމުންދާ ފާޑު ކިޔުންތަކާމެދު ކަންބޮޑުވުން ފާޅު ކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން އެ ލޯގޯއިން ޔޯގާގެ ޙަރަކާތް ރަމްޒު ކޮށްދޭކަމަށް މީސްމީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، ޤައުމުގައި ހުއްޓުވިފައިހުރި މުންކަރާތްތައް އާލާކޮށް ދިރުވުމަކީ ދެރަކަމެއް ކަމަށެވެ. އަދި އެއީ މި ސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ދެއްކި ކުލަ ނޫން ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.
އަދި ރައްޔިތުން ރައީސް މުޢިއްޒު ވެރިކަމަށް ގެނައީ ދީނަށް ލޯބި ކުރަށްވާ ބޭފުޅެއް ކަމަށް ދެކިގެންކަން ހަނދާނުގައި ބެހެއްޓެވުމަށް އިޔާޒް އިލްތިމާސް ކުރެއްވިއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު އަންހެނުންގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން "ބެލެންސް ސްޓޫޑިއޯ" ގެ ނަމުގައި މާލޭގައި ވެލްނަސް ސެންޓަރެއް ހުޅުއްވައި ދެއްވީ ވަޒީރު ޑރ. މާރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު