ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި، އެ ދާއިރާ ކުރިއަރުވައި ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތް ދުނިޔޭގެ ނުފޫޒުގަދަ މީޑިއާތަކުންވެސް ބަލައިގަނެފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ދާދި ފަހުން ރާއްޖޭގައި ތަސްދީގުކުރި މީޑިއާ ރެގިއުލޭޓްކުރާ ގާނޫނާ ގުޅިގެން ލަންކާގެ ނުފޫޒުގަދަ ނޫހެއް ކަމަށްވާ "ޑެއިލީ މިރާ" އިން ލިޔެފައިވާ ހަބަރަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ހަބަރުގައި މީޑިޔާ ރެގިއުލޭޓްކުރާ ގާނޫނަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އިތުރަށް ހަރުދަނާކުރާނެ ގާނޫނެއްކަން ފާހަގަކޮށްފައިވެއެވެ. އެކަމަށް އިޝާރަތްކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މިކަމުން ވެސް ރާއްޖޭގައި ޒިންމާދާރު މިނިވަން ނޫސްވެރިކަން ކުރިއަރުވައި ތަރައްގީކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވަނީ ފުރިހަމަ ސިޔާސަތުތަކެއްކަން ދައްކުވައިދޭ ކަމަށެވެ. އެމަނިކުފާނުގެ މި ސިޔާސަތުތައް ބައިނަލްއަގުވާމީ މީޑިއާތަކުންވެސް ބަލައިގެންފި ކަމަށް ޝިޔާމު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޑރ. މުއިއްޒަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާނެ ބޭފުޅެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު