މިހާރު ތަސްދީގުކޮށް އަމަލުކުރަމުންދާ މީޑިޔާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ބުނެ އެ ގާނޫނު އަނބުރާ ގެންދިޔުމަށް އދ. އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އދ. ގެ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މީޑިޔާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއްކަމަށެވެ. އަދި މި ގާނޫނަކީ މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅައި، ނޫސްވެރިންގެ މަސައްކަތަށް ދަތިތައް ކުރިމަތިކުރުވާނެ ގާނޫނެއް ކަމަށް ޓާކް ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނަކީ، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު އުސޫލުތަކެއް ގާއިމުކޮށް، މީޑިއާގެ ކޮންޓެންޓްތަކާއި، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ގާނޫނެއް،" ޓާކް ނެރުއްވި ބަޔާނުގައިވެއެވެ.
އެހެންކަމުން، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް މި ގާނޫނުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އދ. އިން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރު ވަނީ މި ބިލު އަނބުރާ ގެންދިޔުމަށް ފަހު، ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް މީޑިއާ ރިފޯމް ގާނޫނެއް އެކުލަވާލުވުމަށް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހުށަހަޅުއްވާފަ އެވެ.
އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އަކީ މަދަނީ އަދި ސިޔާސީ ހައްގުތައް ބަޔާންކުރާ އދ. މުއާހަދާ އެވެ. ޑިސެންބަރު 16، 1966 ގައި އޮތް އދ. ގެ އާންމު މަޖިލީހުގެ ހާއްސަ ގަރާރަކުން ބަލައިގަތް މި މުއާހަދާއަށް އަމަލުކުރަން ފެށީ މާޗު 23، 1976 އިން ފެށިގެންނެވެ. މިވަގުތު 174 ގައުމަކުން އެ މުއާހަދާގައި ސޮއިކޮށްފައިވާއިރުއެ މުއާހަދާގައި ބައިވެރިވެ ރާއްޖެއިން އަމަލުކުރަން ފެށީ 2006 ވަނަ އަހަރުއެވެ.
އދ. ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެފައެވެ. އަދި އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓަރސް ވިތައުޓް ބޯޑަރސް (އާރުއެސްއެފް)، އަދި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީޕީޖޭ) އިން ވެސް މި ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު