އިންސާނުންނަށް ޓަކައި މާތް ﷲ ޚިޔާރުކުރެއްވި ދީން ޙިމާޔަތްކޮށް، އަންނަން އިތް ޖީލުތަކަށް މި ދީނުގެ ސައްހަ އަގީދާ ފޯރުކޮށްދޭންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
"ދީން ރައްކާތެރިކުރުން" މި މައުޟޫޢުގެ މައްޗަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނީ މާތް ﷲ، އިންސާނުން މި ބިމުގައި ޚަލީފާވެރިކުރައްވައި، އެ މީހުންނަށް ރަނގަޅު ގޮތާއި ނުބައި ގޮތް ބަޔާންކޮށްދެއްވުމަށް ޓަކައި އެ މީހުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވި ކަމަށާއި، މި އެންމެހައި ބޭކަލުން ގޮވައިލެއްވީ އިސްލާމް ދީނަށް ކަމަށެވެ. އަދި ކީރިތި ރަސޫލާ އެންމެހައި މީސްތަކުންނަށް، ﷲގެ ޙަޟްރަތުން ގެނެސް ދެއްވި ދީނަކީ ވެސް އިސްލާމް ދީން ކަމުގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ ކީރިތި ޤުރްއާނާ ނުލައި ދީން ފުރިހަމަ ނުވާ ފަދައިން ސުންނަތާ ނުލައި ވެސް ދީން ފުރިހަމައެއް ނުވާނެ ކަމަށެވެ.
އިންސާނުންނަށް ޓަކައި މާތް ﷲ ޚިޔާރުކުރެއްވި ދީން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އަހަރެމެންގެ ވާޖިބެއްކަން ހަނދާންކުރާންޖެހޭ ކަމަށާއި، އަންނާން އޮތް ޖީލުތަކަށް މި ދީނުގެ ޞައްޙަ ޢަޤީދާ ފޯރުކޮށްދޭން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
އަދި ޣައިރުދީންތަކުގެ މީހުން ކެނޑިނޭޅި މަސައްކަތްކުރަނީ މުސްލިމުން ބައިބައިކޮށް، އިސްލާމް ދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދައި، މި އުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަޙުދަތު ނަގައިލައި، އިސްލާމްދީނާ މީސްތަކުން ބީރައްޓެހިކުރުމަށް ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.
"އެއުރެން އެދެނީ، ﷲގެ نورފުޅު (އެބަހީ: إسلام دين) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. އަދި كافرން ނުރުހުނުކަމުގައި ވިޔަސް ﷲ، އެކަލާނގެ نورފުޅު ފުރިހަމަކުރައްވާހުއްޓެވެ" މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
އިސްލާމްކަމަކީ ﷲ އަށް ފުރިހަމަ ގޮތުގައި ބޯލަނބައި ކިޔަމަންވުން ކަމަށާއި އަދި އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ރައްކާތެރިވެ، ކިޔަމަންގަތުމާއި، ނަހީކުރައްވައިފައިވާ ކަންކަމުން ދުރުހެލިވެ ޝިރުކުކުރުމާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަދި އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ މީހުންނާ އެއްގޮތްވެގެން ނުވާނެ ކަމަށާއި އެ މީހުންގެ ދީނީ އިޙުތިފާލުތަކުގައި ބައިވެރިވުމާއި، އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ، އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަޚުޞިއްޔަތު ހަލާކުވެދާނެކަންކަން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ޚުޠުބާގައި ބުނީ މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީންކަމަށް ވިޔަސް، އިސްލާމް ދީނުގެ ޢަދާވާތްތެރީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ﷲގެ ދީނުގައި ބާވައިލައްވައިފައިވާ ޙުކުމްތަކަށް އިންކާރުކޮށް މާތްވެގެންވާ އިސްލާމް ދީން ނައްތައިލުމަށް ކަމަށެވެ.
އަދި މި ދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނަން އެބައިމީހުން ނުރުހޭނެ ކަމަށާއި އެބައިމީހުން ބޭނުންވަނީ، އެ މީހުންގެ ކޮށި ވިސްނުން، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އިސްކުރަން ކަމަށާއި މިއަދު އިސްލާމް ދީނާ ދެކޮޅު ބައެއް މީހުން ދެކޭ ގޮތުގައި މުސްލިމުން ބޭނުންވާ ނަމަ، މާތް ﷲގެ ޝަރީޢަތުގެ މައްޗަށް އެ މީހުން ހަދައިފައިވާ ޤާނޫނުތައް އިސްކުރެވިދާނެ ކަމަށް ދެކެމުން އަންނަ ކަމަށް ހުޠުބާގައި ބުނެފައި ވެެއެވެ.
މީގެ އިތުރުން ޚުޠުބާގައި ބުނީ މިއަދު އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތް ﷲގެ ޝަރީޢަތް ދޫކޮށް، އަމިއްލައަށް ކަނޑައަޅާ ޤާނޫނުތަކަށް ޢަމަލުކުރަމުން ދާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު