ރާއްޖޭގެ އިޤްތިސާދީ ހާލަތު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ހުއްޓާލައި، ވަގުތީ ގޮތުން ވައުދުތައް ވުންވެސް ހުއްޓާލަން ޖެހޭ ކަމަށް އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.
ފިރާަގް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށަށް ވަޑައިގެން ވެވަޑައިގަންނަވާ ވައުދުތަކަށް އިޝާރާތް ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ފިރާގް ވިދާޅުވީ އިގްތިސާދު ދަށަށް ދާ މި ދަނޑިވަޅުގައި ސަރުކާރުން ހަގީގަތާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ކޮންމެހެން މިވަގުތަށް ކުރަން ނުޖެހޭ ޚަރަދުތައް ހުއްޓާލައި، ވައުދުތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހޭ ކަމަށް ފިރާގް ވަނީ ވިދާޅުވެފައެވެ.
ބޯހިޔާވަހިކަމާއި، އެއާޕޯޓްތަކާއި، ހޮސްޕިޓަލްތަކަކީ ވެސް މުހިންމު ކަންތައްތަކެއް ކަމުގައި ވީނަމަވެސް، މިއަދުގެ ހާލަތަށް ބަލަން ޖެހޭ ކަމަށް ފިރާގް ވިދާޅުވިއެވެ.
"ޚާއްޞަކޮށް މިހާރު އަޅުގަނޑުމެން ދަރަނިވެރިވެފައި ވާ ބިލިއަން ޑޮލަރުގެ ދަރަނިތަކަށް ބަލާއިރު ދަރަނި ފަސް ކުރުމަކީ މުސްތަގުބަލުގެ ސަރުކާރުތައް އަދި ރައްޔިތުން އިތުރަށް ތާށިވުން، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ކުރެވޭނެ އަދި ކުރެވެން ހުރި ކަންކަމަށް އިސްކަންދޭންޖެހޭ،" ފިރާގް ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުން ހަރަދުކުރުމުގައި މިހާރު ގެންގުޅޭ ސިޔާސަތު ކުރިއަށް ގެންދިއުމަށް ވުރެ އާމްދަނީ ހޯދުމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ފިރާގް ވަނީ ވިދާޅުވެފައެވެ. އަދި ހުރި ފުރުސަތުތައް ހޯދުން މާމުހިންމު ކަމަށްވެސް ފިރާގް ވިދާޅުވިއެވެ.
އޭނާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ސަރުކާރާ އިދިކޮޅު ވެގެން ވިދާޅުވާ އެއްޗެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު