އދގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ދިވެހި ވަފްދު، އދ.ގެ މައި މަރުކަޒުގެ ހޯލު ދޫކޮށް ނުކުމެއްޖެއެވެ.
މިދިޔަ އަހަރުވެސް ދިވެހި ވަފުދު ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު އާއްމު މަޖިލީހުގައި ވާހަކަދައްކަން ފެށުމުން އދގެ މައި މަރުކަޒުގެ ހޯލް ދޫކޮށް ގޮސްފައެވެ. ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން، ބައްދަލުވުމުގައި ބައިވެރިވާ އެހެން ގިނަ ޤައުމުތަކެއްގެ ވަފުދުތަކުން ވަނީ، އދ.ގެ މައިމަރުކަޒުގައި ކުރިއަށްދިޔަ ބައްދަލުވުން ބޮއިކަޓްކޮށްފައެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ތަޤުރީރުކުރަން ފެށުމާއެކު އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވަމުންދިޔަ ދިވެހި ޑެލިގޭޝަން އެ ހޯލް ދޫކުރައްވާ ބޭރަށް ވަޑައިގެންފައިވާކަމަށެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތުކުރުމުގައި ކަމަށްވެސް ޑރ. ޚަލީލް ވިދާޅުވިއެވެ.
ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ ހުއްދަދެއްވުމާއި ގުޅޭ ޤަރާރާ އެއްކޮޅަށް ވޯޓުދީފައިވާ ކަން ވެސް ފާހަަގަކުރެވެއެެވެ. ރާއްޖެފަދަ އެތައް ޤައުމެއްގެ އެހީތެރިކަމާއެކު ފަލަސްޠީނުގެ ރައީސް މަހުމޫދު ޢައްބާސް ވަނީ މިއަހަރު ވީޑިއޯ މެދުވެރިކޮށް އދ.ގެ އާންމު މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ.
ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ އެކިއެކި ޕުލެޓްފޯމްތަކުގައި ހަރުދަނާކަމާއެކު އަޑުއުފުލަމުންނެވެ.
މީގެއިތުރުން، ދިވެހި ސަރުކާރުން ދަނީ ފަލަސްޠީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ޤާއިމުކުރުމަށް ބާރުއަޅުއްވައި، އެކަމަށް ހަރުދަނާ ގޮތެއްގައި ވަކާލާތުކުރައްވަމުންނެވެ. މި މަސައްކަތުގައި ދިވެހިރާއްޖެއިން ދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރަމުން ކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު