އޮންނަ އުސޫލުގެ ތެރެއިން އިދިކޮޅު އެމްޑީޕީ އަށް މާލޭގައި ބެނާ ހަރުކުރެވެންވާނެ ކަމަށާއި އެކަމަށް ހުރަސްއަޅައިގެން ނުވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެެވެ.
މޭޔަރު އާޒިމް މިހެން ވިދާޅުވީ ހުއްދަ ނުނަގާ ކަަމަށް ބުނެ އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ނަގަން ފަށާފައިވަނިކޮށެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ އެމްޑީޕީން މާލޭގައި ދަމާފައިވާ ބެނާތައް ނެގިކަން އެނގިވަޑައިގަތީ ރާއްޖެއިން ބޭރުގައި ހުއްޓާ ކަމަށެވެ. އަދި އެމްޑީޕީ އަދި ހުރިހާ ސިޔާސީ ޕާޓީ އަކަށް ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން އޮންނަ އުސޫލުގެ މަތިން ބެނާ ހަރުކުރެވެން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ބެނާ ހަރު ކުރުމުގައި އަޅުގަނޑު ބައިވެރިވެސް ވާނަން. އަދި އިރާދަކުރެއްވިއްޔާ ރާއްޖެ ހަމަމަގަށް އެޅުވުމަށް ބާއްވާ ބޮޑު އެއްވުމަށް ވެސް ދާނަން،" އާޒިމް ވިދާޅުވި އެވެ.
އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު "ލޫޓުވައިފި" ނަމުގައި އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޕޯސްޓަރުތަކާއި ބެނާތައް އެޕާޓީން ވަނީ ހަރުކޮށްފައެވެ. އެބެނާތައް ހަރުކުރުމުގެ ހުއްދަ އަށް އެމްޑީޕީން ސިޓީކައުންސިލްގައި އެދިފައިވީ ނަމަވެސް އެ ހުއްދަ ދިން ކަމެއް ސާފެއް ނުވެއެވެ. ފުލުހުންގެ އެހީތެރިކަމާއެކު ސިޓީކައުންސިލްގެ މުވައްޒަފުން ނިކުމެ މިއަދު ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި މުޒާހަރާ އާއި ގުޅުންހުރި ބެނާތަށް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު