ކުރީ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށް މި ސަރުކާރުން މަޤާމެއް ހުށައެޅީ ކުރީ ސަރުކާރުގައި މަހްލޫފް ކުރި މަސައްކަތް ގޯސްވެގެންތޯ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު މިހާރުގެ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުالله ރާފިއު އަށް ސުވާލެއް ކުރަށްވައިފިއެވެ.
ވަޒީރު ރާއްޕެއަށް ކުރީގެ މެންބަރު ވައްޑެ މިފަދަ ސުވާލެއް އަމާޒު ކުރެއްވީ، އަސާސީ ހިދުމަތްތަކުން ރައްޔިތުން މަހުރޫމުވެފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ހިންގި ބައެއް ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ކަމަށް ވަޒީރު ރާއްޕެ ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން ރާއްޕެ ވިދާޅުވީ، ކުޅިވަރު ވުޒާރާގެ އޮޑިޓެއް ހަދާފައިވާ ކަމަށާއި، އަދި އެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކޮށް އެވުޒާރާގެ ހިންގުން ހަރުދަނާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ބައެއް ފަހަރު އެއްބަސްވުންތަކުގައި ހުންނަ ގޮތަށްވުރެ ފަރުވާކުޑަކޮށް ކުޅިވަރު ވަސީލަތްތައް ޤާއިމްކޮށްފައި އެބަހުރިކަމަށާއި، އެކަމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބޭކަން ރާއްޕެ ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ދަޢުލަތަށް ގެއްލުނު ކަމަށް ބުނާ 2.2 ބިލިއަން ރުފިޔާ ރަނގަޅުގޮތުގައި ބޭނުން ކުރިނަމަ ރައްޔިތުންނަށް އަސާސީ އެތައް ޚިދުމަތެއް ދެވުނީސް ކަމަށް ރާއްޕެ ވަނީ ވިދާޅުވެފައެވެ.
ރާއްޕެގެ ވާހަކަފުޅާ ގުޅިގެން ކުރީގެ މެންބަރު ވައްޑެ ވަނީ، ރާއްޕެ ދައްކަވަމުން ދަނީ ރާއްޕެއާ ޙަވާލު ކުރެވުނު މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ވާހަކަތަކެއްތޯ ސުވާލު ކުރަށްވާފައެވެ. އަދި ކުރީ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށް މި ސަރުކާރުން މަޤާމެއް ހުށައެޅީ ކުރީ ސަރުކާރުގައި މަހްލޫފް ކުރި މަސައްކަތް ގޯސްވެގެންތޯ ސުވާލު ކުރަށްވައި، މި ސަރުކާރުގެ ދެއަހަރުގެ ބަޖެޓުން ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށް ވައްޑެ ވިދާޅުވިއެވެ.
"ހަވާލުކުރެވިފައި ވަނީ ކޮން މަސައްކަތެއް؟ ކުރީ ސަރުކާރު ގޯސްވެގެންތަ މަހުލޫފަށް ވަޒީފާ ދެނީ؟ މި ސަރުކާރުގެ 2 އަހަރުގެ ޚަރަދު 110 ބިލިއަން. ކުރެވުނު ކަމެއް ފެންނާކަށް ނެތް." ވައްޑެ ވިދާޅުވިއެވެ.
ކުރީ ސަރުކާރުގައި އެންމެ ޙަރަކާތްތެރި އެއް ވަޒީރު އަޙްމަދު މަޙްލޫފްގެ ކުޅިވަރު ވުޒާރާ މި ސަރުކާރުގައި އެވަރަށް ޙަރަކާތްތެރިވާ މަންޒަރު ނުފެންނަ ކަމަށް ބައެއް ކައުންސިލްތަކުން ދަނީ ބުނަމުންނެވެ. ދާދިފަހުން މަޙްލޫފް ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެންފައެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ މަޙްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ ދަޢުލަތުގެ އިސް މަޤާމަކަށް ވަޑައިގެންނެވުމަށްޓަކައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު