ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ މުޒާހަރާއަކީ ކޮރަޕްޝަނާ ދެކޮޅު އެންމެންގެ މުޒާހަރާއެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އަންނަ އޮކްޓޯބަރ 3 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދަނީ ތައްޔާރު ވަމުންނެވެ. އެކަމާގުޅިގެން މިދިޔަ ޖޫން މަހުގެ 23ވަނަ ދުވަހު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ރައީސް ނަޝީދު ވިދާޅުވީ، އޮކްޓޯބަރ 3 ގެ މުޒާހަރާ އަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކެން ނުޖެހޭ ކަމަށެވެ.

"އެއީ ކޮރަޕްޝަނާ ދެކޮޅު ހުރިހާ އެންމެން ބައިވެރިވުން ރަނގަޅު މުޒާހަރާއެއް." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.



އޮކްޓޯބަރ 3 ގެ މުޒާހަރާގައި ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވާއިރު، ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަނާއި މަޤާމުގެ ނާޖާއިޒް ފައިދާ ހޯދުމުގެ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި ކޮންފަރަންސެއް ބޭއްވުމަށް ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.

އެގޮތުން އެކި ސަރުކާރުތަކުގައި، ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަޤާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލާ ތަޙްލީލުކުރުމަށް ބާއްވާ މި ކޮންފަރެންސްގައި ޤާނޫނީ ތަޖުރިބާކާރުންނާއި، މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި، ނޫސްވެރިންނާއި، ބައިނަލްއަޤްވާމީ އޮބްޒަރވަރުން ބައިވެރިވާނެކަމަށް ރައީސް ނަޝީދުގެ އޮފީހުން ވަނީ ބުނެފައެވެ.

އެމްޑީޕީގެ މުޒާހަރާއަކީ ކޮރަޕްޝަނާ ދެކޮޅު އެންމެންގެ މުޒާހަރާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ ވެރިއަކަށް ހުންނެވި ސަޢީދަށް މަޤާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުގެ މިހާރުވަނީ ޖަލަށް ލައިފައެވެ.



ކިޔުންތެރިންގެ ހިޔާލު