މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު
މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު
އިންޑިއާ ބޮޑުވަޒީރުގެ މާލި ހައްދައިގެން މާލޭގެ މަގުތަކުގައި ދުވީ ތަޙްޒީބު މުޖުތަމަޢުގައި އޮންނަގޮތް ބައްލަވައިގެންތޯ އައްސަވައި، މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލަށް ރައްދު ދެއްވައިފިއެވެ.

އޮކްޓޯބަރ 3 ގައި މާލޭގައި އޮންނަ ޙަރަކާތަށް އިޝާރާތް ކުރަށްވަމުން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި މުޙައްމަދު އިސްމާޢީލް ވިދާޅުވެފައިވަނީ ރައްޔިތުންގެ އަމާންކަމާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ވެރިކަންކުރާ ބާރުގެ މައްޗައް ގާނޫނީ ގޮތުން މަތިކުރެވިފައިވާ ބޮޑުވެގެންވާ އަމާނާތެއް ކަމަށެވެ. އަދި މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރެސީގައި އޮންނަގޮތް ކަމަށާއި، އެހެންކަމުން މަދުބަޔަކު ނިކުމެ ހިތުހުރިކަމެއް ހިތުހުރިތާކު ހިތުހުރި ގޮތަކަށް ކުރުމުގެ ފުރުސަތު ކުޑަކޮށްވެސް ދީގެންނުވާނެ ކަމަށް މުޙައްމަދު ވިދާޅުވިއެވެ.

"ފްރީޑަމް އޮފް އެކްސްޕްރެޝަންގެ ނަމުގައި ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކުރުމުގެ ފުރުސަތު ތަހުޒީބް މުޖުތަމައުތަކުގައިވެސް ދީފައިހުރީ އެތަނެއްގެ ނުވަތަ އެގައުމެއްގެ ގާނޫނީ އިމުގެ ތެރެއިން ޑިމޮކްރެސީގެ މައިގަނޑު އަސާސްތަކުހެ ތެރޭގައި." މުޙައްމަދު ވިދާޅުވެފައިވެއެވެ.



މުޙައްމަދުގެ މެސެޖަށް ރައްދު ދެއްވަމުން މޫސާ މަނިކު ވަނީ ތަޙްޒީބު މުޖުތަމަޢުގައި ކަންކުރާ ގޮތަކީ އިންޑިއާގެ ބޮޑުވަޒީރުގެ މާލި ހައްދައިގެން މާލޭގެ މަގުތަކުގައި ދުވުންތޯ ސުވާލު ކުރަށްވާފައެވެ.

"ފުލުހުންނާއި، ސިފައން ގާތު އެތަށް ބަޔަކު ހައްޔަރުކޮށް ބަޔަކު ތަޅާ ރޯނާގަންނަވާލާށޭ ބުނީމަ ފުލުހުންނާއި ސިފައިން ނޫނެކޭ ބުނީތަ؟" ރީކޯ ސުވާލު އުފައްދަވާފައިވެއެވެ.



ރީކޯ މިމޭރުމުން ސުވާލު އުފައްދަވާފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 2025 އޮކްޓޯބަރ 3 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

ނަމަވެސް އެމްޑީޕީން އިންތިޒާމް ކުރާ މި އެއްވުމުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު