މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
ފުލުހުން މިއަދު ނެރުނީ ތާކުންތާކުނުޖެހޭ މުސްކުޅި ކޮޕީ ބަޔާނެއް ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިބީދައިން ފުލުހުންގެ ބަޔާނަށް ފާޑުވިދާޅުވެފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 2025 އޮކްޓޯބަރ 3 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އިންތި ވިދާޅުވީ، ފުލުހުންގެ ބަޔާނަކީ ވަރަށް ބޭއިންސާފު ތާކުންތާކު ނުޖެހޭ ވާހަކަތަކެއް އޮތް، މުސްކުޅި ކޮޕީ ބަޔާނެއް ކަމަށެވެ. އަދި އިންތިގެ ވާހަކަތައް ތާޢީދު ކުރަށްވަމުން ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަބްދުالله ޝަފީޤު ވިދާޅުވީ، މިފަދަ ބަޔާންތަކަކީ އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު ފެނިފައިވާ ބަޔާންތައް ކަމަށެވެ.

"ދުންފިނި ހަރުގެ ފުނޑާލުމަށާއި މުޒާހަރާތައް ރޫޅައިލުމަށް މިފަދަ ބަޔާންތަކުން ސަބަބު އުފަންކުރުވި!" ކުރީގެ މެންބަރު މޯޑު ވިދާޅުވިއެވެ.



ފުލުހުންގެ ބަޔާނަށް އިންތި އާއި މޯޑު ފާޑުވިދާޅުވެފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 2025 އޮކްޓޯބަރ 3 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ބުނެފައެވެ.

އަދި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުހުންގެ ޚިދުމަތުން ފުރުސަތު ނުދޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް ފުލުހުންގެ ބަޔާނަށް ރައްދު ދެމުން އެމްޑީޕީން ބުނެފައިވަނީ، އޮކްޓޯބަރ 3 ގައި މާލެތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް އެހެންބަޔަކު ގްރޫޕްތަކަކަށް ފައިސާ ދީފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަން ފުލުހުންނާއި ޙިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީއިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު