ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް
ބަންކަރިންގެ ނަމުގައި މިސަރުކާރުން ހިންގީ ޖަރީމާއެއް ކަމަށް ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިހެން ވިދާޅުވެފައިވާއިރު ބަންކަރިންގެ ޚިދުމަތުގައި ބޭނުން ކުރުމަށް ރާއްޖެއަށް ގެނައި ދެ އުޅަނދުގެ ތެރެއިން އެއް އުޅަނދު މިވަގުތު ރާއްޖޭގައި ނެތް ކަމަށާއި، އަނެއް އުޅަނދު އޮތީ މާލެ ކައިރީގައި ޕާކް ކޮށްފައި ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން މިއަދު ވަނީ ރިޕޯޓް ކޮށްފައެވެ.

އެކަމާ ގުޅިގެން މަލީޙް ވިދާޅުވީ، ބަންކަރިން އަކީ ބޮޑު ޖަރީމާއެއް ކަމަށާއި، ދެން ފެންނާނީ އެ މަސައްކަތަށް ގެނައި ބޯޓުތައް ނުއަގުގައި ވިއްކާލާ މަންޒަރު ކަމަށެވެ.

"ޓެކްސް ފައިސާއިން ވައްކަން ކޮށްފި. ރައްޔިތުންނަށް އެތައް ބޮޑު ގެއްލުމެއް ދީފި." މަލީޙް ވިދާޅުވިއެވެ.



މަލީޙް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އުތުރުގައި 19 ސެޕްޓެމްބަރު 2024 ގައި ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ. އެ ކުންފުންޏަކީ މިހާރުވެސް ސިންގަޕޫރު، ޔޫއޭއީ، އަދި މޮރިޝަސްގައިވެސް ބަންކަރިންގެ ހިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމަށް 4000 ޓަނުގެ ތެޔޮ އުފުލޭ ދެ ބޯޓު ބޭނުންކުރަމުންދާއިރު، އެންމެ ގިނައިން ޚިދުމަތް ދެވިފައިވަނީ މާލޭ ސަރަހައްދުންނެވެ. އެ ޚިދުމަތުގެ ތަފާސް ހިސާބު ދައްކާގޮތުން، އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައެވެ. އަދި މިހާތަނަށް ބަންކަރިންގ ޚިދުމަތުން 157 މިލިޔަން ރުފިޔާގެ އާމްދަނީއެއް ދަޢުލަތަށް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު