ޓެކްސް އެޕީލް ޓްރައިބިއުނަލަށް ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ގދ. މަޑަވެލި، މޭނާ، މަހާޒް ޢަލީ ޒާހިރުގެ ނަމެވެ. ދެވަނަ އަށް އޮތީ ރ. ހުޅުދުއްފާރު، ރޯޒްވިލާ، އާޝިޔާ އަޒީމާގެ ނަމެވެ.
ލިސްޓުގައި ދެން ހިމެނެނީ، އިބްރާހިމް އަފީފު ގުލްބަހާރުގެ ބ. ތުޅާދޫ، ޝިފާޒް އަލީ ދަފްތަރު ނަމްބަރު (12504)، ފާތިމަތު ނައުޝާން ޅ. ނައިފަރު ފިޔާތޮށިގެ، އަހުމަދު ޔާމީން ބީޗްކޯނަރު ގދ. ގައްދޫ، ޝައުފާ އިބްރާހިމް އަކިރިވިލާ ދ. މީދޫ ގެ ނަމެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު އައްޔަނުކުރަން ހުށައަޅާފައިވާއިރު، ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން މަހާޒު ވަނީ މި އަހަރުގެ މޭ 14 ވަނަ ދުވަހު ވަކިކޮށްފަ އެވެ.
އަދި އޭގެ ކުރިން މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަހާޒުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އައި ނަމަވެސް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް މީޑިއާ އަށް ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު