ދިރިއުޅުމުގެ ހުރިހާ ކަމަކަށް ސިޔާސީމީހުންގެ ދަހިއަތް ވެއްދުމަކީ އެންމެބޮޑު ފަސާދަ ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކުގެ ބޯޑުތަކަށް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢައްޔަނު ކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ނަސީމް ވިދާޅުވެފައިވަނީ ދިވެހިން ކޮރަޕްޝަންގެ ވާހަކަ ދައްކަނީ ހަމައެކަނި ނަމަކަށް ކަމަށާއި، ތިމާގެ މުހުތާދުތައް ކޮންމެ ގޮތަކުންވެސް ޙާސިލްވާނަމަ އެކަމާ ފަރުވާލެއް ނެތްކަމަށެވެ. އަދި އެއީ އެންމެ ބޮޑު ފަސާދަ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މާރަގަޅުބަޔަކަށް ވެގެން ކަރަޕްޝަނޭ ގޮވާއިރު! ދިރިއުޅުމުގެ ހުރިހައި ކަމެއްގެ ތެރަށް ސިޔާސީމީހުންގެ ދަހިއަތްތައް ބާނައި، ފައިސާޔާ ނުފޫޒުން، މުޖްތަމައު ކޮންޓްރޯލް ކުރުމަކީ އެންމެ ނުބައި ފަސާދަ (ކަރަޕްޝަން). ދެން ވެސް ތިބުނަނީ ގައުމުރަގަޅޭ ދީ?" ނަސީމް ވިދާޅުވެފައިވެއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ކުންފުނި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ކެފޭ "ޑެމިއެޓާ" އިން ސްޕޮންސާ ކޮށްފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މިކަމާ ގުޅިގެން ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ މިއީ ބޮޑު ކަމެއް ކަމަށާއި، މިވަރުގެ ޚަރަދެއް ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކަށް ވެސް ނުކުރެވޭނެ ކަމަށެވެ.

އަޅުގަނޑުމެން މާރަގަޅުބަޔަކަށް ވެގެން ކަރަޕްޝަނޭ ގޮވާއިރު! ދިރިއުޅުމުގެ ހުރިހައި ކަމެއްގެ ތެރަށް ސިޔާސީމީހުންގެ ދަހިއަތްތައް ބާނައި ، ފައިސާޔާ ނުފޫޒުން ، މުޖްތަމިއު ކޮންޓްރޯލްކުރުމަކީ އެންމެ ނުބައި ފަސާދަ (ކަރަޕްޝަން). ދެން ވެސް ތިބުނަނީ ގައުމުރަގަޅޭ ދީ? pic.twitter.com/9mhnLLWkng
— NafaNaseem (@monasibnaseem) October 2, 2025
ނަސީމް މިހެން ވިދާޅުވެފައިވާއިރު، ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ކުންފުނި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ކެފޭ "ޑެމިއެޓާ" އިން ސްޕޮންސާ ކޮށްފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މިކަމާ ގުޅިގެން ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ މިއީ ބޮޑު ކަމެއް ކަމަށާއި، މިވަރުގެ ޚަރަދެއް ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކަށް ވެސް ނުކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު