މާލީ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއް ސައްތާރު
މާލީ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއް ސައްތާރު
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު އައްޔަނުކުރަން ފޮނުވުމުން މަހާޒަކީ ގަދަ ބޭފުޅެއް ކަމަށް މާލީ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް މިހެން ވިދާޅުވީ މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. އެގޮތުން އަނަސް ވިދާޅުވެފައިވަނީ، މަހާޒު ވަރަށް ގަދަ ކަމަށާއި، ރައީސް ޑރ. މުއިއްޒަށް މި ކުރެވުނު ކަންތައް ރޭކާވެސް ނުލެއްވި ކަމަށެވެ.

"ރޭކާވެސް ނުލާ! ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ބަހައްޓަން ހެޔޮނުވެގެންނޭ ކިޔާފަ ވަކިކޮށްފަ، އަނެއް ދުވަހު ހަމަ އެ މަހާޒު ޓެކްސް އެޕީލް ޓްރައިބުނަލްގެ މެމްބަރުކަމަށް މި ފޮނުވީ! ސާބަހޭ!" އަނަސް ވިދާޅުވިއެވެ.

އަނަސް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ގދ. މަޑަވެލި، މޭނާ، މަހާޒް ޢަލީ ޒާހިރުގެ ނަމެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ސުޕަރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރު އައްޔަނުކުރަން ހުށައަޅާފައިވާއިރު، ޖޭއެސްސީން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން މަހާޒު ވަނީ މި އަހަރުގެ މޭ 14 ވަނަ ދުވަހު ވަކިކޮށްފަ އެވެ.

އަދި އޭގެ ކުރިން މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަހާޒުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އައި ނަމަވެސް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް މީޑިއާއަށް ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު