މާލޭ ސިޓީ މަސް މާރުކޭޓުގެ އެގްރީމެންޓް މަސައްލަ ހިމެނޭ އެޖެންޑާ ފާސްނުވެ މައްސަލަ ނުބެލި ހުއްޓުމަކަށް އަތުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާއަށް މި މައްސަލަ އެޖެންޑާ ކޮށްފައިވީ ނަމަވެސް ޖަލްސާގެ އެޖެންޑާ ފާސްކުރުމަށް ބޭނުންވާ ވަރަށް ކައުންސިލަރުންގެ ވޯޓު ލިބިފައެއް ނުވެއެވެ. މި ޖަލްސާއަށް ހާޒިރުވެފައިވަނީ 16 ކައުންސިލަރުންނެވެ.
މާލޭގެ މަސްމާރުކޭޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ކޮށްފައިވާ އެގްރީމެންޓަށް ގެނެވިފައިވާ ބަދަލުތަކާ ގުޅޭގޮތުން، މާލެ ސިޓީ ކައުންސިލްގެ ލީގަލް ސެކްޝަންގެ ވެރިޔާ، ޢަލީ ނަސީރު ޤާސިމް، އިއްޔެގެ ޖަލްސާއަށް ހާޟިރުކޮށް ކަންހިނގާފައިވާ ގޮތާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ، މުޙައްމަދު ސައިފް ފާތިހެވެ.
އިއްޔެ ކުރިޔަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ މި މައްސަލަ އެޖެންޑާއިން އުނިކޮށްދިނުމަށް ހުށައަޅުއްވައި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މުޙައްމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސިޓީ ކައުންސިލުގެ އެސް.ޖީ މުހައިމިން ނަސީރު ވިދާޅުވީ، އެ މައްސަލާގައި ޒިންމާވާ މުވައްޒަފުގެ މައްސަލަ ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވިފައި ވާނެ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
އަދި މައްސަލާގައި ސިޓީ ކައުންސިލުން ވެސް ފިޔަވަޅު އަޅާފައިވާ ކަމަށާއި، މުވައްޒަފު މިވަގުތު ހުރީ އަހަރީ ޗުއްޓީގައި ކަމަށްވެސް މުހައިމިން ވިދާޅުވިއެވެ.
މާލޭ ސިޓީ މަސް މާރުކޭޓުގެ އެގްރީމެންޓް މަސައްލަ ހިމެނޭ އެޖެންޑާ ފާސްނުވެ މައްސަލަ ނުބެލި ހުއްޓުމަކަށް އައިސްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިލުން ބިޑަށް އިއުލާނުކޮށް އިވެލުއޭޓްކޮށް 6.1 މިލިއަން ޑޮލަރަށް ޙަވާލުކުރި މަސްމާރުކޭޓްގެ އެއްބަސްވުން އުވާލާ އާ އެއްބަސްވުމެއް ފަހުން ވަނީ ހަދާފައެވެ.
އެ އެއްބަސްވުން ހަދާފައިވަނީ 9.5 މިލިއަން ޑޮލަރަށް މިހާރުގެ މޭޔަރު އާދަމް އާޒިމް މަޤާމާ ޙަވާލުވެ ވަޑައިގަތުމުގެ ކުރިންނެވެ. އެހެންކަމުން މިހާރު އެ މައްސަލަ ވަނީ އޭސީސީއަށް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު