އެއްވުމެއް ބާއްވަން އުޅޭ ކޮންމެ ފަހަރަކު ވެރިންގެ ފަޔަށް ހިނި އަރައުގެން މުޅި ދައުލަތް ޑިފެންސަށް ކުޅެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ އެމްޑީޕީން މިއަދު ބާއްވަން ނިންމާފައިވާ ބޮޑު އެއްވުމާ ގުޅިގެން ފުލުހުންނާއި ސަރުކާރުގެ އަމަލުތައް ހުރިގޮތަށް ފާޑުވިދާޅުވަމުންނެވެ.
މި އެއްވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ މިރޭ ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުހުންގެ ޚިދުމަތުން ފުރުސަތު ނުދޭނެ ކަމަށެވެ.
ހަމަ އެއާއެކު އެމްޑީޕީ ސަރުކާރުގެ ވެރިކަމުން ފެށިގެން ފައިސާ ނުދައްކާ ހުރި ބިލުތަކަށް ފަސް ހަފްތާގެ ތެރޭގައި ފައިސާ ދައްކާ ނިންމާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މިކަންކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އައްބާސް ވިދާޅުވީ މީހަކު ބުނާ ބަހަކުން ނުވަތަ ބަޔަކު އެއްވުމެއް އެއްވަން އުޅޭ ކޮންމެ ފަހަރަކު ސަރުކާރު ގެ ވެރިންގެ ފަޔައް ހިނިއަރައިގެން ނުވަތަ ކޮށިއަރައިގެން މުޅިދައުލަތް ޑިފެންސަށް ކުޅެންއުޅެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
އޭނާ ވަނީ އެހާވެސް ހަމަ ސަރުކާރު ބަލިކަށީތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.
"އެހާވެސް ހަމަ ބަލިކަށީތޯ؟ގުނަވަންތަކުގެ ވެރިންނަށް އިތުބާރު ނުކުރައްވަނީތޯ؟ ނުވަތަ ގުނަވަންތަކުގެ ސިޔާސީ ވަޒީފާގައި ތިއްބެވި ބޭފުޅުންނަށް ޝައްކު ކުރައްވަނީތޯ؟" އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވީ ޝައްކު ބައްޔަކީ ވަރަށް ގޯސް ބައްޔެއް ކަމަށާއި، ޝައްކު ބަލި ޖެހޭނީ ހިސާބައްވުރެ ގިނައިން ދޮގު ބުނެވެން ފެށީމައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު