ޝައްކު ބަލި ޖެހެނީ ހިސާބައްވުރެ ގިނައިން ދޮގު ބުނެވޭތީ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މާލޭގައި މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ އެއްމެހާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ރައްދު ދެއްވަމުން އައްބާސް ވިދާޅުވީ، މީހަކު ބުނާ ބަހަކުން ނުވަތަ ބަޔަކު އެއްވުމެއް އެއްވަން އުޅޭ ކޮންމެ ފަހަރަކު ސަރުކާރުން ޑިފެންސަށް ކުޅެންޖެހޭ ސަބަބު ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
"ސަރުކާރުގެ ވެރިންގެ ފަޔައް ހިނިއަރައިގެން ނުވަތަ ކޮށިއަރައިގެން މުޅިދައުލަތް ޑިފެންސަށް ކުޅެންއުޅެން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ހަމަ ނުވިސްނެ!އެހާވެސް ހަމަ ބަލިކަށީތޯ؟" އައްބާސް ސުވާލު އުފައްދަވާފައިވެއެވެ.
ހަމައެއާއެކު އައްބާސް ވިދާޅުވީ، ސަރުކާރުން ޢަމަލު ކުރަމުންދާ ގޮތުގެ ސަބަބުން، އިދާރާތަކުގެ ވެރިންނަށް އިތުބާރު ކުރަށްވާ ކަމާމެދު ސުވާލު އުފެދޭ ކަމަށާއި، ނުވަތަ އިދާރާތަކުގެ ސިޔާސީ ވަޒީފާގައި ތިއްބެވި ބޭފުޅުންނަށް ޝައްކު ކުރަށްވާ ކަމަށް ހީވާ ކަމަށެވެ.
"ޝައްކު ބައްޔަކީ ވަރަށް ގޯސް ބައްޔެއް.. ޝައްކު ބަލި ޖެހޭނީ ހިސާބައްވުރެ ގިނައިން ދޮގު ބުނެވެން ފެށީމައި.." އައްބާސް ވިދާޅުވިއެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން މިރޭ ބާއްވާ ސިޔާސީ ޙަރަކާތުގައި ގިނަޢަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު