ސިޔާސީ ވުމުގެ ސަބަބުން ހައްޤުނޫން މަތީ މަގާަމުތައް ލިބިފައިވާ ފަރާތްތަކުން އަނިޔާވެރިކަމަށް އަތްޖަހާނެ ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވެފައި މިވަނީ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ "ލޫޓުވާލައިފި" މުޒަަހަރާ ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމުގައިވީނަމަވެސް، ސަރުކާރުގެ އިސްފަރާތްތަކުންނާއި، ސަރުކާރަށް ނިސްބަތްވާ އެކި ފަރާތްތަކުން އެކަން ދިފާއުކޮށް، ފުލުހުންނަށް ތައުރީފްކޮށް ވާހަކަދައްކަމުންދާތީއެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަސީމް ވިދާޅުވީ ތައުލީމެއް ތަޖުރިބާއެއް ނެތަސް ސިޔާސީވެގެން، ވެރިންގެ ހެޔޮފުޅުކަމުން ހައްގުނޫން މަތީމަގާމާއި، ފުލެޓާއި، އިނާޔަތާ ލިބި، ދަރިން އެމްބަސީތަކަށް ފޮނުވިމީހުން، ވައްކަމާއި ކަރަޕްޝަނާއި، އަނިޔާވެރިކަމަށް އަތްޖަހައި 'ކުޑޯސް' ޖަހާނެ ކަމަށެވެ.
އަދި މިއީ ކުރީގައިވެސް މިހާރުވެސް މިކަން އޮންނަ ގޮތް ކަމުގައި ނަސީމް ވިދާޅުވިއެވެ.
ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭއާއި ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުން ކޮށްފައެވެ. އެލްއޭއާރްޑީއަކީ ވަރަށް އަޑުބާރު އެއްޗެއްކަމުން އޭގެ ސަބަބުން ދާއިމަށް އަޑު ނީވުމާއި، ބޯ އެނބުރުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތުވުމުގެ ފުރުސަތު އޮވެއެވެ. މިއީ މިފަދަ ޑިވައިސެއް ރާއްޖޭގައި ބޭއްވި މުޒާހަރާއެއް ރޫޅުމަށް ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

އޭރުވެސް މިހާރުވެސް... ތައުލީމެއް ތަޖުރިބާއެއް ނެތަސް ސިޔާސީވެގެން ، ވެރިންގެ ހެޔޮފުޅުކަމުން ، ހައްގުނޫން މަތީމަގާމާ، ފުލެޓާ ، އިނާޔަތާ ލިބި، ދަރިން އެމްބަސީތަކަށް ފޮނުވިމީހުން، ވައްކަމާ ކަރަޕްޝަނާ، އަނިޔާވެރިކަމަށް އަތްޖަހާނެ، ކުޑޯޒްޖަހާނެ. އެއީ އެކަން އޮންނަ ގޮތް. ޖާނޭދޯ ދީ!
— NafaNaseem (@monasibnaseem) October 4, 2025
އަދި މިއީ ކުރީގައިވެސް މިހާރުވެސް މިކަން އޮންނަ ގޮތް ކަމުގައި ނަސީމް ވިދާޅުވިއެވެ.
ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭއާއި ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުން ކޮށްފައެވެ. އެލްއޭއާރްޑީއަކީ ވަރަށް އަޑުބާރު އެއްޗެއްކަމުން އޭގެ ސަބަބުން ދާއިމަށް އަޑު ނީވުމާއި، ބޯ އެނބުރުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތުވުމުގެ ފުރުސަތު އޮވެއެވެ. މިއީ މިފަދަ ޑިވައިސެއް ރާއްޖޭގައި ބޭއްވި މުޒާހަރާއެއް ރޫޅުމަށް ބޭނުން ކުރި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު