މި ސަރުކާރާ ދެކޮޅަށް އެމްޑީޕީން އޮކްޓޯބަރ 3 ގައި ބޭއްވި މުޒާހަރާއިން ފެނިގެންދިޔައީ ހުދުމުޚުތާރު ވެރިއެއްގެ އަތްދަށައް ޤައުމު ދިޔައީމަ ދެން ވާނެގޮތް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފެނުނު މަންޒަރަކީ ހުރިހާ ބާރެއް އެކެއްގެ މުށުތެރެއަށް އައިމާ، އެއްވެސް ކަހަލަ ކޮންޓްރޯލެއް ނެތި، ތިމާއަށް ފެންނަ ގޮތް އެކަނި ރަނގަޅު ކަމަށް ދެކިގެން ކަންކުރީމާ ވާނެ ގޮތް ކަމަށެވެ. ޚުދުމުޚުތާރު ވެރިއެއްގެ އަތްދަށަށް ރާއްޖެ ދިޔާމާ ކަންކަން ހިނގާނެ ގޮތް ފެނުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.
މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ މުޒާހަރާގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި ބަޔަކު ފޮނުވީ ސަރުކާރުން ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާއާ ގުޅުވައި ޝާހިދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ވައްދާފައި ތިބި ބަޔަކު ލައްވައި މުޒާހަރާ ހޫނުކުރަން މަސައްކަތް ކުރުވި އެތައް ބަޔަކު ފެނުނު ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ހިތްވަރުގަދަ ފަހުލަވާނުން އެކަމަށް ފުރުސަތު ނުދެއްވައި، އެފަދަ މީސްމީހުން ދުރަށް ޖެއްސި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އެހެން ނޫން ނަމަ ސަރުކާރުން ފޮނުއްވި ހަމަނުޖެހުން އުފައްދަން ފޮނުއްވި މީހުންނަށް އެމަގު ފަހިވެގެން ދިޔަނަމަ ރޭ ކަންތައްތައް ނިމިގެންދާނީ ވަރަށް ގޯސްކޮށް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ އެމްޑީޕީގެ މުޒާހަރާގައި ސަރުކާރަށް ކުރި ޑިމާންޑްތަކަށް އިޖާބާ ދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އޭގެ ތެރޭގައި މީޑިއާގެ އަނގަމަތީގައި އަޅާފައިވާ މަލަންގަނޑު ނައްޓާލުމަށް ގާނޫނު އުވާލުމަށާއި، ޕްރައިވެޓް ސެކްޓަރަށް ކުރަމުންދާ ދުއްތުރާ ހުއްޓާލުމަށް ހިމެނެއެވެ.
"ސަރުކާރުން މިހާރު ކުރަންވީ ކަމަކީ ޓްވީޓް ކުރުމެއް ނޫން. ސަރުކާރުން މިހާރު ކުރަންވީ ކަމަކީ އަޅުގަނޑުމެން ކޮށްފައިވާ ޑިމާންޑުތައް ބައްލަވައި ދިރާސާ ކުރެއްވުމަށްފަހު މާދަމާ ވެސް އެއަށް ފިޔަވަޅު އަޅުއްވަންވީ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ ރައްޔިތުންނާ ހަމައަށް ސަރުކާރުން ފައިބައި ރައްޔިތުންގެ ޝުޢޫރުތައް އަޑުއަހަންވެސް ގޮވާލައްވާފައެވެ. މި ކަންތައްތައް މި މަގަށް ނުދާ ނަމަ، ސަތާރަ ނޮވެމްބަރާ ހަމައަށް، އަނެއްކާވެސް މަގުމަތީގައި މެދުނުކެނޑި މުޒާހަރާގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އޭގެއިތުރުން މި ސަރުކާރު ސީދާ މަގަށް އަޅުވައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދައުލަތެއްގެ ސިފަ އޮތް ދައުލަތެއް ގެނެސްދިނުމުގެ މަސައްކަތުގައި އެމްޑީޕީ ސާބިތުވެ ތިބޭނެ ކަމަށްވެސް ޝާހިދު ރޭ ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު