އޮކްޓޯބަރ 3 ގެ މުޒާހަރާގައި ފުލުހުން އެލްއާރުއޭޑީ ބޭނުންކުރުމުން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، "ލޫޓުވައިފި" އެއްވުމަށް ހުރަސް އަޅައި އެ އެއްވުމުގެ ސުލްހަވެރިކަން ނަގާލުމަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި އެއްވުން ރޫޅާލުމަށް ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުން ކޮށްފައިވާ ކަމަށާއި، ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށް ކުއްލި މައްސަލާގައިވެއެވެ. މީކާއިލް ވިދާޅުވީ ފުލުހުން އެލްއާރުއޭޑީ ބޭނުންކުރީ އެއްވެސް އިންޒާރެއް ދިނުމެއްނެތި ކަމަށެވެ. އަދި އެ ޑިވައިސް ބޭރުން ކުރާނެގޮތް ފުލުހުން މީގެ ކުރިން ޢާއްމު ކޮށްފައި ނުވާކަން މީކާއިލް ފާހަގަ ކުރެއްވިއެވެ.
މީކާއީލް ވިދާޅުވީ، އެލްއާރުއޭޑީގެ ސަބަބުން އަޑުއިވުމުގެ ހިއްސަށާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުން ބޮޑުކަމަށް ބައެއް ސިއްހީ މާހިރުން ވިދާޅުވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 12 މެންބަރަކު ވޯޓުދެއްވިއިރު، 40 މެންބަރުން ވޯޓުދެއްވީ މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށެވެ.
އެމްޑީޕީގެ އެއްވުމުގައި ފުލުހުން އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންނަނީ ބަލަމުންނެވެ. އެމްޑީޕީގެ އެއްވުމަކީ ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ސިފަކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު