އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި 6 މީހުން ދޫނިދޫ ޖަލަށް ބަދަލުކޮށްފިއެވެ.

އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ އޮކްޓޯބަރ 3 ގެ މުޒާހަރާއިން ހައްޔަރުކޮށް 15 ދުވަސް ބަންދަށް ޖަހާފައިވާ 6 މީހުން ރޭ ބަދަލު ކޮށްފައިވަނީ، ދޫނިދޫ ޖަލަށް ކަމަށެވެ. މީގެކުރިން އެމީހުން ތިބީ މާލޭ ކަސްޓޯޑިއަލްގައެވެ.

އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ މީހުންގެ ތެރޭގައި ކުރީގެ މަޖިލީސް މެންބަރުން ކަމަށްވާ ޔައުޤޫބާއި، ޔާސިރާއި، މާފުށީ ކައުންސިލްގެ ރައީސް ސޮލާޙް ހިމެނެއެވެ. އަދި އެއްވުމުގެ ބައިވެރިންގެ ތެރެއިން ޖުމާން އާއި، އަޒްމީ އާއި ޝާކިރުވެސް ވަނީ ހައްޔަރު ކޮށްފައެވެ.

މިއެންމެން ދޫކޮށްލުމަށް އެމްޑީޕީގެ ލީޑަރޝިފުން ގޮވާލަމުންދާއިރު، އެމީހުން ދޫކޮށްލުމަށް ގޮވާލައި މީގެ ކުރިން މާލޭ ކަސްޓޯޑިއަލް ކައިރިއަށްވެސް އެމްޑީޕީން އެއްވެފައިވެއެވެ.

އޮކްޓޯބަރ 3ގެ މުޒާހަރާގައި ބަޔަކު ހައްޔަރު ކޮށްފައިވާއިރު، އެމްޑީޕީން މިހާރު ނިންމާފައިވަނީ ނޮވެމްބަރު 17 ގައި މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް