މައިޒާން ޢަލިމަނިކުގެ އަނބިކަނބަލުން ޢާއިޝަތު ޒަމީލް
މައިޒާން ޢަލިމަނިކުގެ އަނބިކަނބަލުން ޢާއިޝަތު ޒަމީލް
މާލޭގެ ކުރީގެ މޭޔަރު މައިޒާން ޢަލިމަނިކުގެ އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް އެ އާއިލާއަށް ތައުޒިޔާ ފޮނުއްވީ މީސްމީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، މައިޒާން އަލިބެ އަކީ ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރަށްވައި، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލް ކުރަށްވައި، މާލެ ސިޓީގެ މޭޔަރުކަންވެސް ކުރެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.

އަދި ޢަލިމަނިކުގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ މަރްޙޫމާ ޢާއިޝަތު ޒަމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލެހެއްޓެވުން އެދިވަޑައިގެން ދުޢާ ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް