ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ދިމްޔާތުން ގަނެފައިހުރި މުދާތަކެއްް ޖަހާފައި ހުރި ގުދަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ސިފަކުރައްވައިފިއެވެ.
ވައްޑެ މިހެން ވިދާޅުވެފައި މިވަނީ އޮކްޓޯބަރ 3 ގެ މުޒާހަރާގައި ފުލުހުން އެލްއާރުއޭޑީ ބޭނުންކުރުމުން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލުމާ ގުޅިގެންނެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ "ލޫޓުވައިފި" އެއްވުމަށް ހުރަސް އަޅައި އެ އެއްވުމުގެ ސުލްހަވެރިކަން ނަގާލުމަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި އެއްވުން ރޫޅާލުމަށް ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުން ކޮށްފައިވާ ކަމަށާއި، ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށް ކުއްލި މައްސަލާގައިވެއެވެ. އަދި ފުލުހުން އެލްއާރުޑީއޭ ބޭނުންކުރީ އެއްވެސް އިންޒާރެއް ދިނުމެއްނެތި ކަމަށް މީކާއިލް ވަނީ ބުނެފައެވެ.
މި ޑިވައިސްގެ ސަބަބުން އަޑުއިވުމުގެ ހިއްސަށާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުން ބޮޑުކަމަށް ބައެއް ސިއްހީ މާހިރުން ވިދާޅުވާކަން މީކާއިލް ފާހަގަކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 12 މެންބަރަކު ވޯޓުދެއްވިއިރު، 40 މެންބަރުން ވޯޓުދެއްވީ މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވިދާޅުވީ ހަތިޔާރެއްގެ ދުފާއުގައި މުޅި ދައުލަތް ނިކުމެފައިވާ ކަމަށެވެ.
އަދި މިހާރުގެ މަޖިލީހަކީ ރައްޔިތުންގެ މަޖިލީހެއް ނޫން ކަމަށާއި، އެއީ ދިމްޔާތުން ގަނެފައި ހުރި މުދާތަކެއް ޖަހާފައި ހުރި "ގުދަނެއް" ކަމުގައި ވައްޑޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު