ފިޔަވަޅު އަޅަންވާނީ ކުށަށް ކަމަށާއި، ވަކިމީހަކަށް ނުވަތަ ބަޔަކަށްވުމުން ނޫން ކަމަށް މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަފާ ނަސީމް މިހެން ވިދާޅުވެފައިވަނީ، މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ބައެއް ފުލުހުންގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުކޮށް ޝޯޝަލް މީޑިޔާގައި ފާޑުކިޔަމުންދާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ނަސީމް ވިދާޅުވީ، ޢާއްމު ރައްޔިތަކަސް، ވެރިއަކަސް، އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށެވެ. އަދި ފިޔަވަޅު އަޅަންވާނީ ހަމަހަމަކަމާ އެކުގައި ކަމަށް ނަސީމް ވިދާޅުވެފައިވެއެވެ.
"ފުލުހަކަށް ވީތީ ވަކިން ހަރުކަށި ފިޔަވަޅުއަޅާނަމޭ ބުނީމާ ގޯސް. ފިޔަވަޅުއަޅަންވާނީ ކުށަށް! ވަކިމީހަކަށް ނުވަތަ ބަޔަކަށް ވީމައެއް ނޫން ހަރުކަށި ފިޔަވަޅު އަޅަންވީކީ. ގާނޫނީ ހަމަހަމަކަން މުހިއްމީ." ނަސީމް ވިދާޅުވިއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ މުޒާހަރާ ރޫޅާލުމަށްޓަކައި ބާރުއަޑެއް ފޮނުވާ ހަތިޔާރު ހިފަހައްޓައިގެން ހުރި އޮފިސަރުގެ ފޮޓޯ އާންމުކޮށް، ސޯޝަލް މީޑިއާގައި އެ އޮފިސަރާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ދަނީ ދައުރު ކުރަމުންނެވެ. އެހެންކަމުން ފުލުހުންގެ ވަކިވަކި އޮފިސަރުންނަށް ބިރު ހީވާ ގޮތަށް ސޯޝަލްމީޑިއާގައި އަމަލެއް ހިންގައިފިނަމަ، އެފަދަ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެެވެ.
ހަމައެއާއެކު ފުލުހުންގެ ބަޔާނުގައި ބުނީ ފުލުސް އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަަށެވެ.
މި މައްސަލާގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަށް ނުވަތަ ފުލުހުން ޤާނޫނީ ވާޖިބު އަދާކުރާގޮތާމެދު ނުރުހުންވެ، ފުލުހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ބިރުދެއްކުމުގެ ނިޔަތުގައި ސިޔާސީ ފަރާތްތަކުން ހިންގާ މިފަދަ އަމަލުތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ޢަމަލުތަށް ހިންގާ ފަރާތްތަކާމެދު ޤާނޫނުގައި އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އެޅިގެން ދާނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު