ރައްޔިތުން އަމިއްލައަށް ކެހިކަޑުލުގެ ހިތި ފިލުވަން ޖެހިފައިވަނީ ރައްޔިތުންނަށް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ، މިސަރުކާރުން ސިޔާސީ ލީޑަރުން ހައްޔަރު ނުކުރާނެ ކަމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ސިޔާސީ ލީޑަރުންތަކެއް ޖަލަށް ނުލާނެކަމަށް ދެކި އެގޮތަށް ވިދާޅުވަނީ ކޮށި ވިސްނުމެއްގައި ކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.
އަދި އެކަން ކުރުމަށް އެއްވެސް ހުރަހެއް ނެތްގޮތަށް ކުރައްވަންޖެހޭ އެންމެ ބޮޑު މަސައްކަތް މިހާރު ވަނީ ކުރައްވާފައި ކަމަށާއި، ދެން ކުރައްވަން ޖެހޭ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރަމުންދާކަމަށް އައްބާސް ވިދާޅުވެފައިވެއެވެ.
"މިއަދު އަޑަށްބާރުލައްވާފައި ކޮންމެ އެއްޗެއް ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް ހުރިހާ ސިޔާސީ ލީޑަރުންނާ ޗެލެންޖުކޮށްފައި އަޅުގަނޑު މިދަންނަވަނީ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާނެ!" އައްބާސް ވިދާޅުވިއެވެ.
އަދި ދުނިޔޭގައި ތިބި ބަޔަކަށް ލަސްތަކެއް ނުވެ ބޮޑު މަންޒަރު ފެންނާނެ ކަމަށާއި، އިންސާފު ލިބޭނެ އެއްތަނެއްވެސް މިހާރު ނޯންނާނެ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.
"އެއްބާރުން އަނެއްބާރަށް ފާޑުކިޔާ ޖަވާބުދާރީ ކުރުވާނެ އެއްވެސް ބާރެއް މިހާރަކު ނޯންނާނެ... ރައްޔިތުން އަމިއްލައަށް ކެހިކަޑުލުގެ ހިތި ފިލުވަންޖެހިފައިވަނީ ރައްޔިތުންނަށް." އައްބާސް ވިދާޅުވިއެވެ.
ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާނެ ކަމަށާއި، އެކަމަށް ޙައްލު ހޯދަން ޖެހެނީ ރައްޔިތުންކަމަށް އައްބާސް ވިދާޅުވެފައިވާއިރު މި ސަރުކާރުން ސިޔާސީ މައްސަލައެއްގައި މީހަކަށް ފިޔަވަޅު ނާޅާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްވެސް ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ސަރުކާރު ހަމަމަގުން ނެއްޓެމުން ދާކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ދަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ކުރަމުންނެވެ.

ކޮށި ވިސްނުމެއްގައި ތިއްބަވާފައި މިއަދު އަޑަށްބާރުލައްވާފައި ކޮންމެ އެއްޗެއް ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް ހުރިހާ ސިޔާސީ ލީޑަރުންނާ ޗެލެންޖުކޮށްފައި އަޅުގަނޑު މިދަންނަވަނީ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާނެ!އެކަން ކުރުމަށް އެއްވެސް ހުރަހެއް ނެތްގޮތަށް ކުރައްވަންޖެހޭ އެންމެ ބޮޑު…
— Mohamed Abbas (@Abbasvelidhoo) October 7, 2025
ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާނެ ކަމަށާއި، އެކަމަށް ޙައްލު ހޯދަން ޖެހެނީ ރައްޔިތުންކަމަށް އައްބާސް ވިދާޅުވެފައިވާއިރު މި ސަރުކާރުން ސިޔާސީ މައްސަލައެއްގައި މީހަކަށް ފިޔަވަޅު ނާޅާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްވެސް ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ސަރުކާރު ހަމަމަގުން ނެއްޓެމުން ދާކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ދަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު