ރެސްޕެކްޓް ކުރަން އެނގި ނުލައްވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ކަމަށާއި، ހުސްގޮނޑި މަތިން އެމަނިކުފާނު ހަނދުމަ އެބަހުރިތޯ ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ސުވާލު އުފައްދަވައިފިއެވެ.
މަލީޙް މިހެން ވިދާޅުވީ، ދިވެހިންގެ މެދުގައި އަލުން އިޙްތިރާމާއި އެކުވެރިކަން އަށަގެންނެވުމުގެ ބޮޑު މަޝްރޫޢެއް އަންނަ އަހަރު ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިޢުލާނު ކުރެއްވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މަލީޙް ވިދާޅުވީ، އެންމެ ފުރަތަމަ ރެސްޕެކްޓް ކެމްޕެއިން ހިންގަންވީ މުލިއާގޭ ތެރޭގައި ކަމަށެވެ. އަދި ކެމްޕޭންގައި ގެންގުޅުއްވި ހުސްގޮނޑިމަތިން ރައީސް މުޢިއްޒު ހަނދުމަ ނެތުނީތޯ މަލީޙް ސުވާލު ކުރަށްވާފައިވެއެވެ.
މަލީޙް މިހެން ވިދާޅުވެފައިވާއިރު، ރައީސް މުޢިއްޒު ވަނީ، މީގެ އެތައް އަހަރެއް ކުރިން ސިޔާސީ އޮއިވަރެއްގެ ތެރެއަށް ގައުމު ވަދެގެން ދިޔަފަހުން، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުން ވަރަށް ބޮޑަށް ނެތިފައިވާކަން ފާހަގަ ކުރަށްވާފައެވެ.
އަދި އެކަން ބަދަލުކޮށް، ކުރީގައި އޮތް ގޮތަށް އެކުވެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި ބިޔަ މަޝްރޫޢެއްގެ ގޮތުގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރެސްޕެކް ކެމްޕެއިން ހިންގަންވީ މުލިއާގޭ ތެރޭގައި މުއިއްޒާއި ސާޖިދާއަށް. ރެސްޕެކް ކުރަން އެނގިނުލައްވަނީ މުއިއްޒަށް. ހުސް ގޮނޑި މަތިން މުއިއްޒު ހަދާން އެބަހުރި ތޯ? pic.twitter.com/bVQYBkEGRl
— Mohamed Maleeh Jamal (@maleehjamal) October 8, 2025
މަލީޙް މިހެން ވިދާޅުވެފައިވާއިރު، ރައީސް މުޢިއްޒު ވަނީ، މީގެ އެތައް އަހަރެއް ކުރިން ސިޔާސީ އޮއިވަރެއްގެ ތެރެއަށް ގައުމު ވަދެގެން ދިޔަފަހުން، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުން ވަރަށް ބޮޑަށް ނެތިފައިވާކަން ފާހަގަ ކުރަށްވާފައެވެ.
އަދި އެކަން ބަދަލުކޮށް، ކުރީގައި އޮތް ގޮތަށް އެކުވެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި ބިޔަ މަޝްރޫޢެއްގެ ގޮތުގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު