އިންސާފު ޤާއިމު ނުވެގެން އުޅެނީ ރައްޔިތުންނާމެދު ޢަދުލުވެރި ނުވާތީ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޑރ. ޝަމްހީދު ވިދާޅުވީ އޮކްޓޯބަރ 3 ގެ މުޒާހަރާ އާއި ގުޅިގެން ހައްޔަރުކުރި މީހުންނަށް 15 ދުވަހުގެ ބަންދެއް ޖެހުމުން ޢަދުލު އިންސާފު އޮތް ހިސާބު ސާފު ކަމަށެވެ.
އަދި މުޒާހަރާއިން ހައްޔަރު ކުރި މީހުން އެއްވެސް ހަތިޔާރެއް ގެންގުޅެފައި ނުވާކަމަށާއި، އެމީހުން ވަގުތުން ދޫކޮށްލުމަށްވެސް ޑރ. ޝަމްހީދު މިއަދު ގޮވާލެއްވިއެވެ.
"މިއަށްވުރެ ބޮޑެތި ތުހުމަތު ކުރެވޭ މީހުން އެތިބީ ހަމަ 15 ދުވަހުގެ މުއްދަތެއް ނުޖަހާ. މީ އިންސާފުތޯ؟ މީ މިޤައުމުގަ އިންސާފު ޤާއިމު ނުވެގެން އުޅޭ ކަމަކީ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު މިހެންް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާ މީހުންގެ ތެރޭގައި ކުރީގެ މަޖިލީސް މެންބަރުން ކަމަށްވާ ޔައުޤޫބާއި، ޔާސިރާއި، މާފުށީ ކައުންސިލްގެ ރައީސް ސޮލާޙް ހިމެނެއެވެ. އަދި އެއްވުމުގެ ބައިވެރިންގެ ތެރެއިން ޖުމާން އާއި، އަޒްމީ އާއި ޝާކިރުވެސް ވަނީ ހައްޔަރު ކޮށްފައެވެ.
މިއެންމެން ދޫކޮށްލުމަށް އެމްޑީޕީގެ ލީޑަރޝިފުން ގޮވާލަމުންދާއިރު، އެމީހުން ދޫކޮށްލުމަށް ގޮވާލައި މީގެ ކުރިން މާލޭ ކަސްޓޯޑިއަލް ކައިރިއަށްވެސް އެމްޑީޕީން އެއްވެފައިވެއެވެ. އޮކްޓޯބަރ 3ގެ މުޒާހަރާގައި ބަޔަކު ހައްޔަރު ކޮށްފައިވާއިރު، އެމްޑީޕީން މިހާރު ނިންމާފައިވަނީ ނޮވެމްބަރު 17 ގައި މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު