ވެންޓިލޭޓަރު މައްސަލައަކީ ސަރުކާރަކުން ހިންގި ޚިޔާނާތެއްގެ ފުރިހަމަ މިސާލެއް ކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވެފައިވާއިރު، ކޮވިޑު-19 ގެ ތެރޭގައި ހެލްތު މިނިސްޓްރީން ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ގަންނަން 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓަކުން އިއްޔެ ވަނީ އަމުރު ކޮށްފައެވެ.
އެކަމާ ގުޅިގެން މީސްމީޑީއާގައި އިންތި ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލައަކީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި ކްރިމިނަލް އިންވެސްޓިގޭޝަންތަކުން ހާމަވެފައިވާ ކުރީގެ ސަރުކާރެއްގެ ބޮޑު ޚިޔާނާތެއްގެ ރީތި މިސާލެއް ކަމަށެވެ. އަދި މި މައްސަލައިގެ މަދަނީ ބައިގައި ދުބާއީ ކޯޓުން ނިންމާފައިވާ ނިންމުމުންވެސް އެކަން އިތުރަށް ސާބިތުވާކަމަށް އިންތި ވިދާޅުވެފައިވެއެވެ.
އިންތި މިހެން ވިދާޅުވެފައިވާއިރު، ކޮވިޑްތެރޭގައި އެމްޑީޕީ ސަރުކާރުގެ ބައެއް ބޭފުޅުން ހިންގެވިކަމަށް ތުހުމަތު ކުރެވޭ ޚިޔާނާތްތަކަކީ އެމްޑީޕީ ދެބަޔަކަށް ބެހިގެން ދިއުމަށް މަގުފަހިކުރުވި އެއް ސަބަބެވެ. އެމައްސަލައާއި އިތުރު ބައެއް މައްސަލަތައް ނުބެލި އެމްޑީޕީ ސަރުކާރު ފަހަތުފަޔަށް ބުރަވުމުން އިންތި ހިމެނޭ ގޮތަށް އެޕާޓީގެ ބައެއް މަޖިލީސް މެންބަރުންނާއި، ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން ފަހުންވަނީ އެމްޑީޕީގެ ވެރިކަން ނިމުމަށްފަހު އެޕާޓީއަށް އަލުން ގުޅިވަޑައިގެންފައެވެ.
ކޮވިޑް-19ގެ ތެރޭގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްނުދިން މައްސަލާގައި އެ ކުންފުނިން 34.62 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް އާބިޓްރޭޝަނުން އަންގާފައި ވަނީ 2024 ފެބްރުއަރީ 26 ގައެވެ. އަދި އެފައިސާ ހޯދުމަށް ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.
އެ މައްސަލާގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އަމުރުކުރީ އަންގާރަ ދުވަހުއެވެ. އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވީ، ކޯޓު އަމުރުގައި ބުނާގޮތުން، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއިން ދިވެހި ލައުލަތަށް ދައްކަންޖެހޭ 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ)، އަންގާރަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.
މި މައްސަލަ ދުބާއީގައި ކުރިޔަސް ގެންގޮސްފައި ވަނީ، އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވުމުންނެވެ.
ކޮވިޑް-19ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށްގެން ގެންނަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ލިބުނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް ވެންޓިލޭޓަރުތައް ގަންނަން ހަރަދު ކުރަން ސަރުކާރުން ނިންމި 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ކުރީގެ ސަރުކާރުން އޮތީ ދޫކޮށްފައެވެ.
މި މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މައްސަލައާ ގުޅިގެން ދުބާއީ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައެވެ.

The Ventilator Case stands as a classic example of massive corruption by a govt, exposed through the Auditor General’s report & criminal investigations.
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) October 8, 2025
The civil part of the case (the recovery of stolen funds) through a Dubai court further substantiated it.
ކޮވިޑް-19ގެ ތެރޭގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްނުދިން މައްސަލާގައި އެ ކުންފުނިން 34.62 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް އާބިޓްރޭޝަނުން އަންގާފައި ވަނީ 2024 ފެބްރުއަރީ 26 ގައެވެ. އަދި އެފައިސާ ހޯދުމަށް ދުބާއީގެ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.
އެ މައްސަލާގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އަމުރުކުރީ އަންގާރަ ދުވަހުއެވެ. އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވީ، ކޯޓު އަމުރުގައި ބުނާގޮތުން، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއިން ދިވެހި ލައުލަތަށް ދައްކަންޖެހޭ 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ)، އަންގާރަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.
މި މައްސަލަ ދުބާއީގައި ކުރިޔަސް ގެންގޮސްފައި ވަނީ، އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވުމުންނެވެ.
ކޮވިޑް-19ގެ ދުވަސްވަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ޙަވާލުކޮށްގެން ގެންނަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ލިބުނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް ވެންޓިލޭޓަރުތައް ގަންނަން ހަރަދު ކުރަން ސަރުކާރުން ނިންމި 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ކުރީގެ ސަރުކާރުން އޮތީ ދޫކޮށްފައެވެ.
މި މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މައްސަލައާ ގުޅިގެން ދުބާއީ ކުންފުންޏާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު