ފަލަސްތީނާއެކު ދިވެހިރާއްޖެ އެކަނި އޮންނަން ޖެހުނު ކަމުގައި ވީނަމަވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާއި ގުޅޭ ގޮތުން ބޭރުގެ ނޫހެއް ކަމަށްވާ އަނަދޮލު އެޖެންސީއަށް ލިޔުމުން ދެއްވި އިންޓަވިއުއެއްގައެވެ.
މި އިންޓަވިއުގައި ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުށްވެރިކުރުމުގެ ބަސްތަކުން އެއްކިބާވެ، ބައިނަލްއަޤްވާމީ ޤާނޫނީ ހަމަހަމަކަމާއެކު ތަންފީޒުކުރަންޖެހޭނެ ކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމަށެވެ. އަދި އިސްރާއީލާމެދު ޤާނޫނީ ފިޔަވަޅުތައް އެޅުމުގައި އިސްތިސްނާ ވެގެން ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިފަދަ ޖަރީމާތަކަށް ފުރުސަތު ނުދެވޭނެކަން އިސްރާއީލަށް ސާފުކޮށްދިނުމުގެ ގޮތުން ދެމެހެއްޓެނިވި ސިޔާސީ ބާރުއެޅުމާއި، ފިޔަވަޅުތަކާއި، ދަތިކުރުންތަކުގެ ތެރެއިން އިސްރާއީލު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނާއެކު ދިވެހިރާއްޖެއިން ދަމަހައްޓަމުން އައި އެއްބައިވަންތަކަން އަލުން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ މިހާރު ރާއްޖެއިން ވާނީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ދަތުރުކުރުން މަނާ ކޮށްފައި ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ކޯޓުގައި އިސްރާއީލާ ދެކޮޅަށް އުފުލާފައިވާ މައްސަލައިގައި ބައިވެރިވެފައިވާ ކަމަށާއި، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ގޮވާލަމުން ދާނޭކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު އދ. ގައި ފަލަސްޠީނުގެ ފުރިހަމަ މެމްބަރޝިޕަށް އެހީތެރިވެދީ، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރެވެންދެން ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކުގައި ފަލަސްތީނުގެ މައްސަލައާމެދު ވަކާލާތު ކުރަމުންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް ވަނީ މި ޤަތުލުއާންމު ނިންމައި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގްވާމީގޮތުން އެކަށީގެންވާ މިންވަރެއްގައި މަސައްކަތް ކުރެވިފައިނުވާކަން ފާހަގަކުރައްވައި ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ ކޯޓުތައް ބަލިކަށިވެފައިވަނީ އޭގެ ޒާތުގައި ނޫން ކަމަށާއި، އެހެންނަމަވެސް ބާރުގަދަ ގައުމުތަކުން އެތަންތަން ރަނގަޅަށް މަސައްކަތް ނުކުރުވާތީ ކަމަށެވެ. އަދި ލީޑަރޝިޕް ޓެސްޓުކުރެވެނީ 'މޯރަލް ކްލެރިޓީއާއި އިޤްތިޞާދީ ނުވަތަ ސިޔާސީ ފަސޭހައާ ފުށުއަރާ ދަނޑިވަޅުތަކުގައި ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖެފަދަ ކުޑަ ގައުމަކަށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅޭހިނދު އެއީ ހަމައެކަނި ރަމްޒީ އަމަލެއް ނޫން ކަމަށާއި، އެއީ އުސޫލެއްް އިއުލާންކުރުން ކަމުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ. އަދި ފަލަސްތީނާއެކު ދިވެހިރާއްޖެ އެކަނި އޮންނަން ޖެހުނު ކަމުގައި ވީނަމަވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެއްވެސް އިޤްތިޞާދީ މަޞްލަޙަތެއް ނުވަތަ ސްޓްރެޓެޖިކް ހިސާބުކުރުމަކީ މިފަދަ ބޮޑު ޤަތުލުއާންމެއްގެ ކުރިމަތީގައި ހަނުހުރުން ޖާއިޒުކުރުވާނެ ސަބަބެއް ނޫން ކަމަށެވެ. އަދި މާލީ ފައިދާ ނުވަތަ ސިޔާސީ ފަސޭހަކަން މައުސޫމު ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ފުރާނަތަކަށްވުރެ މުހިންމުވެއްޖެނަމަ، އެއީ އަޅުގަނޑުމެންގެ އަގުތައް ގެއްލިފައިވާ ކަމުގެ ހެއްކެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ފައިދާއަށްޓަކައި އުސޫލުތައް ވިއްކާލެވިދާނެކަމުގެ ޚިޔާލާ ވަރަށް ބޮޑަށް ދެކޮޅުހައްދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފައިދާއަށްޓަކައި އަދުލު އިންސާފު އެއްކިބާ ކުރާ ފަރާތްތައް ބެލެވޭނީ އަނިޔާވެރިކަމާއެކު ތިބި ބައެއްގެ ގޮތުގައި ކަމަށެވެ.
"ޙަގީގީ މިނިވަންކަމަކީ ގައުމެއްގެ ބޮޑުކަމުން ނުވަތަ ސިފައިންގެ ބާރުގަދަކަމުން މިންކުރެވޭ އެއްޗެއް ނޫން، އެއީ ބާރުގެ ދަށުގައިވެސް އޭގެ ޒަމީރާ އެއްގޮތަށް ޢަމަލުކުރުމުގެ ޤާބިލުކަމުން މިންކުރެވޭ އެއްޗެއް" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް މިނިވަންކަން މާނަކުރެވެނީ ޒަމީރާ އެއްގޮތަށް ޢަމަލުކުރުމުގެ މިނިވަންކަމުގެ ގޮތުގައި ކަމަށެވެ. އަދި ކިތައްމެ ކުޑަ ގައުމަކަށްވެސް އަދުލު އިންސާފު އިހްތިޔާރު ކުރެވިދާނެ ކަމަށާއި، އެގޮތަށް ޢަމަލުކުރުމުން، ދުނިޔެއަށް އިންސާނިއްޔަތުކަމުގެ ވާޖިބު ހަނދާންކޮށްދެވިދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމަކީ ފަސޭހައިން ނިންމާފައިވާ ނިންމުމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ސިޔާސަތުތައް އަޅުގަނޑުމެންގެ ޒަމީރާއި ޢަދުލުއިންސާފަށް ކުރާ އިލްތިޒާމާ އެއްގޮތްކުރުމަށް ޤަޞްދުގައި ނިންމާފައިވާ ނިންމުމެއް ކަމުގައެވެ. އަދި މި ނިންމުމުގެ އަސަރު މިންކުރަންވާނީ ވަގުތުން ފެންނަ ނަތީޖާއަކުން ނޫން ކަމަށާއި، އެހެނަސް އުސޫލުތަކުގެ މައްޗަށް ބިނާކޮށް ނަގާ ލީޑަރޝިޕްގެ މިސާލެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ފަލަސްޠީނަކީ އަބަދުވެސް ދިވެހިންގެ ހިތްތަކުގައި ޚާއްޞަ މަޤާމެއް ލިބިފައިވާ ގައުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިންވެސް ދިވެހިރާއްޖެއިން ފަލަސްޠީނު ރައްޔިތުންގެ ދައުލަތެއް އުފެއްދުމުގެ ޙައްޤާއި އަމިއްލަ ނަފްސު ކަނޑައެޅުމުގެ ޙައްޤު ދިފާޢުކޮށްފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާތަނަށް އިސްރާއީލު ޖަވާބުދާރީ ކުރެވިފައި ނުވަނީ ގިނަ ޤައުމުތަކުން ސިޔާސީ މަސްލަޙަތު މޯރަލް ކްލެރިޓީއަށްވުރެ އިސްކޮށްފައިވާތީ ކަމަށެވެ.
ބައިނަލްއަޤްވާމީ ޤާނޫނުގެ ޙުކޫމަތު ދެމެހެއްޓުމަށް މެކޭނިޒަމްތައް ވުޖޫދުގައި ހުރިނަމަވެސް ބާރުވެރި ގައުމުތަކުން އިސްރާއީލު ސަލާމަތްކުރަމުންދާކަން ފާހަގަަކުރައްވަމުން ރައީސް ވިދާޅުވީ ގުޅިފައިވާ ރޫލިންތައް ނެރުނު ކަމުގައިވީނަމަވެސް އެ ތަންފީޒު ކުރުމުގެ ނިޔަތެއް ނެތުމުން، އެއީ ހުސް އިޝާރާތްތަކަކަށް ވެފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ބައިނަލްއަގްވާމީ ކޮންްމެ ޕްލެޓްފޯމެއްގައިވެސް ފަލަސްތީނާ އެއްކޮޅަށް ރާއްޖެއިން ވަކާލާތު ކުރަމުންދާނެ ކަމަށެވެ. އަދި އަދުލުއިންސާފާއި މިނިވަންކަން ހާސިލުވަންދެން ފަލަސްޠީނު ރައްޔިތުންނާއެކު ވަރުގަދައަށް ތިބޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު