ކޮމަންވެލްތަކީ އަމަލީ، ބާރުގަދަ އަދި ދިރުންހުރި އިއްތިޙާދީ ބައިވެރިވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
ބާބަޑޯސްގައި މިހާރު ކުރިއަށްދާ 68 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ވިދާޅުވީ، ކޮމަންވެލްތަކީ އަބަދުވެސް ޤައުމުތަކުގެ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އިއްތިޙާދެއް ކަމަށެވެ. އެގޮތުން ކޮންމެ ސައިޒެއްގެ ޤައުމަކުންވެސް ޑިމޮކްރަސީއާއި އިންސާފާއި އެއްބާރުލުން ދިނުމުގައި އެއް މަޤްޞަދެއްގައި ތިބެގެން ގުޅުން ބަދަހި ކުރަމުންދާކަން ނާޡިމް ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ކޮމަންވެލްތަކީ ގިނަ ޤައުމުތައް އެއް މަޤްޞަދެއްގައި ގުޅުވައިދޭ "އަމަލީ، ބާރުގަދަ އަދި ދިރުންހުރި" އިއްތިޙާދީ ބައިވެރިވުމެއް ކަމުގައިވެސް ނާޡިމް ސިފަކުރެއްވިއެވެ.
ކޮމަންވެލްތުގެ ހުރިހައި ޤައުމަކުންހެން ޙިއްޞާކުރާ އެންމެ ބޮޑު ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތައްކަން ފާހަގަ ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ދިވެހިރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން ނާޡިމް ވާހަކަފުޅުދެއްކެވިއެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާ ބެހޭ ސިޔާސަތުތައް ހިމަނާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކޮމަންވެލްތަކީ އަޅުގަނޑުމެންނަށް ބަދަހިކަމެއް ގެނެސްދޭ އިއްތިޙާދެއް" ކަމަށް ވިދާޅުވަމުން، ކޮމަންވެލްތުގެ ސަބަބުން ކުދި ޤައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލުމުގެ ފުރުޞަތު ފަހިވެގެންދާ ކަމަށްވެސް އޮނަރަބަލް އަޙްމަދު ނާޡިމް ވިދާޅުވިއެވެ.
ކޮމަންވެލްތާއި ރާއްޖެއާ ދެމެދުގެ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނާޡިމް ވިދާޅުވީ، ކޮމަންވެލްތުން އިންތިޚާބުތައް އޮބްޒާވް ކުރުމާއި، ސިވިލް ސަރވިސް މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީގައި އެ ޕްރޮގްރާމްތައް މުހިންމު ޙިއްޞާތަކެއް އަދާކޮށްފައިވާކަމަށެވެ.
1980 ގެ އަހަރުތަކުން ފެށިގެން ކޮމަންވެލްތާއެކު ދިވެހިރާއްޖެއިން އޮތް ގުޅުމަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށްވެސް ނާޡިމް އިޝާރާތް ކުރެއްވިއެވެ. އެގޮތުން، އެމަނިކުފާނުގެ ވާހަކަފުޅުގައި، 2026 ވަނަ އަހަރު ކުދި ޤައުމުތަކުގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ކޯ-ޗެއަރގެ ގޮތުގައި ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަން ނާޡިމް އިޢުލާންކުރެއްވިއެވެ.
މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޡިމްގެ ވާހަކަފުޅު ނިންމަވާލެއްވީ ކޮމަންވެލްތުގެ އިއްތިޙާދަށް އެއްބާރުލުން ދެއްވުމަށް ގޮވައިލައްވަމުންނެވެ. "މި ޕާޓްނަރޝިޕް އިތުރަށް ދިރުވައި، ހުރިހައި ޤައުމެއް ބައިވެރިވާ، ޝާމިލު އަދި ވަށައި ޖެހޭ، އަދި އަޅުގަނޑުމެންގެ ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އީޖާބީގޮތަށް ކުރިމަތިލެވޭ ގޮތަށް މި ގުޅުން ދިރުވަމާ. އެހެން ވެއްޖެނަމަ، އޭގެ ފައިދާ އަޅުގަނޑުމެންގެ ކޮންމެ ޤައުމެއްގެ ކޮންމެ ފަރުދަކަށްވެސް އެތައް ގުނައަށް އިތުރު ވެގެންދާނެ" ކަމަށް ނާޡިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު