ނެޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
ނެޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
ކޮރަޕްޝަންގެ މައްސަލަބަލާ އިދާރާތައް ކޮރަޕްޓްވުމުން ފެންނާނެ ޢަލާމާތްތައް ނެޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ކިޔައި ދެއްވައިފިއެވެ.

ޒަރިޔަންދު މިފަދަ މޭރުމަކުން މީސްމީޑިއާގައި މެސެޖެއް ޙިއްސާ ކުރެއްވީ ކުއްލި ގޮތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަޢުލަތުގެ ކުރީގެ ވެރިންތަކެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭސީސީއަށް ޙާޟިރުކުރަން ފެށުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޒަރިޔަންދު ވިދާޅުވީ، ކޮރަޕްޝަނަކީ ދައުލަތުގެ އިދާރީ ދުޅަހެޔޮކަމާއި މާލީ ޤާބިލުކަން ފަނާކުރާ ވަބާއެއް ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަބަލާ އިދާރާތައް ކޮރަޕްޓްވުމުން ފެންނާނެ ޢަލާމާތްތައް ޒަރިޔަންދު ވިދާޅުވެ ދެއްވާފައިވެއެވެ.

"ކޮރަޕްޝަންގެ މައްސަލަ ބަލާ އިދާރާތަކަކީ؛ އެ ތުހުމަތެއް ރައްދުވާ ވެރިންގެ ބާރު އޮންނަ ވަގުތު ހިމޭނުންތިބޭ، އެ ވެރީންގެ ބާރުކެނޑުމުން ހަރަކާތްތެރިވާ ބަޔަކަށްވާނަމަ، އެ އިދާރާތައްވެސް އެވަނީ ކޮރަޕްޓްވެފައެވެ." ޒަރިޔަންދު ވިދާޅުވެފައިވެއެވެ.

ޒަރިޔަންދު މިހެން ވިދާޅުވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އެކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު