ރައްޔިތުންގެ ފައިސާއިން ވައްކަންކުރާ އެންމެންގެ މައްސަލަ ހަމަހަމަކަމާއެކު ބެލެންވާނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ކުއްލި ގޮތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަޢުލަތުގެ ކުރީގެ ވެރިންތަކެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް އޭސީސީއަށް ޙާޟިރުކުރަން ވަނީ ފަށާފައެވެ.
އެކަމާ ގުޅިގެން އައްބާސް ވިދާޅުވީ، ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ވާހަކަ ހުއްޓާ ނުލާ މިސަރުކާރުގެ ވެރިން ގޮވަމުންދާއިރު މިސަރުކާރުގެ ތެރެއިން ރައްޔިތުންގެ ފައިސާއިން އެތަކެއް މިލިއަން ރުފިޔާއިން ބޮޑެތި ވައްކަންތަށް ކުރަމުންދާ ކަމަށެވެ.
އަދި އެކަން އެނގިހުރެމެ ރައީސް ޑރ. މުއިއްޒަށް ނުފެންނަ ކަމަށް ހެދިގެން ކުޅިބައްލަވަން ހުންނެވީ ކީއްވެގެން ކަމާމެދު އައްބާސް ސުވާލު އުފެއްދެވިއެވެ.
"މިސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބަވައިގެން ވައްކަމުގެ ތުހުމަތު ކުރެވުނު ފަރާތްތަކުގެ މައްސަލަތަށް ނުބައްލަވާ ހިންދާލައިގެން ތިހުންނަވަނީ ވެރިމީހާގެ އަރިހުގައި ތިއްބެވި ޕާޓީގެ ކުދިންކޮޅުވީމަތޯ؟ ކަސްޓަމްސް އާ އެމްޕީއެލް ތެރެއިން ބޮޑެތި ބޮޑެތި ވައްކަން ކުރަށްވާކަމާއި އެތަނުގެ ބެލުމުގެ ދަށުގައިވާ އެތައް މިލިއަން ރުފިޔާގެ މުދާ ވީނުވީއެއް ނޭގި ގެއްލިގެންދާ ގޮތް ވެރިމީހާއަށް ހަމަ އެނގި ނުލައްވަނީތޯ؟" އައްބާސް ސުވާލު ކުރަށްވާފައިވެއެވެ.
އޭގެއިތުރުން އައްބާސް ވިދާޅުވީ، އެސަރުކާރެއް މިސަރުކާރެއް، އެޕާޓީއެއް މިޕާޓީއެއް ނުކިޔުއްވާ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާ އެންމެންގެ މައްސަލަ ހަމަހަމަ ކަމާއެކު ބަލަންވާނެ ކަމަށެވެ.
އައްބާސް މިހެން ވިދާޅުވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އެކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ.
ނަމަވެސް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ މަސްލަޙަތު އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މާލީ މުޢާމަލާތްތަކަކާއި ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓްގެ މައްސަލަ ފެންމަތިވީ ނަމަވެސް އެމައްސަލައިގެ މާބޮޑު އަޕްޑޭޓެއް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އޭގެއިތުރުން ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލައިގެ އަދާހަމަވެސް ހާމަވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު