މުޒާހަރާ ހުއްޓުވަން ސިޔާސީ މީހުން އޭސީސީއަށް ނުގެންގޮސް ސިނގިރޭޓް ވަގަށްނެގި މައްސަލަ ބައްލަވައި ދެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ސަރުކާރަށް ގޮވާލައިފިއެވެ.
ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓް އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ބަނދަރުގައި ހުއްޓާ ގެއްލުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އޭގެ އިތުރުން އެމްޑީޕީ ސަރުކާރުގެ ވަޒީރުން އޭސީސީއަށް ޙާޟިރު ކުރަން ޗިޓު ފޮނުވާފައިވާތީ އެކަމަށްވެސް ޙުސައިން ވަނީ އިޝާރާތް ކުރަށްވާފައެވެ.
އެކަމާ ގުޅިގެން ޙުސައިން ވިދާޅުވީ، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލުމަކީ ވަރަށް ބޮޑުވައްކަމެއް ކަމަށެވެ. އަދި އެފައިސާ ހޯދައިދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
"ރައްޔިތުންގެ ލާރި މިއީ ހޯދައިދީ. ބަދަލޭ ކިޔާ 17 ނޮވެންބަރ މީހުން ނިކުންނާނެތީ ބިރުދައްކަން ސިޔާސީ މީހުން އޭސީސީ ތަންތަނަށް ގެންދާއިރު މި ވައްކަން ހިންގި ތަންތަނާ ހަވާލުވެފަ ތިބިވެރިން ފުރަތަމަ ގެންދަބަލަ." ޙުސައިން ވިދާޅުވެފައިވެއެވެ.
ހަމަ އެއާއެކު ކުރާ ޓުވީޓަކުން، ނުވަތަ ބުނާ ބަހަކުން، ނުވަތަ އެއްވުމެއްއިގަ ބައިވެރިވެ ސަރުކާރު ގޯސްވެގެން ހަމަމަގަށް އެޅުވުމަށް ބުނާބަހަކުން އެމީހެއްގެ ފޯނު ހިފަހައްޓައި، ބިޑިއަޅުވައި، ޖަލަށްލައި، އަނިޔާކުރުމަކީ ޚުދުމުޚުތާރުކަމާއި އަނިޔާވެރިކަން ކަމަށްވެސް ޙުސައިން ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ސިނގިރެޓް ކޮންޓެއިނަރތައް އެތެރެކޮށްފައި ވަނީ "ބިންލާދިން ގްރޫޕް"ގެ ނަމުގައެވެ. އަދި މި ގެއްލުނު ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ ކަމަށް ވެއެވެ.
ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަކަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އެކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ.

ކުރާ ޓުވީޓަކުން، ބުނާ ބަހަކުން، އެއްވުމެއްގަ ބައިވެރިވެ ސަރުކާރު ގޯސްވެގެން ހަމަމަގަށް އެޅުވުމަށް ބުނާބަހަކުން . ފޯން ހިފަހައްޓާ ބިޑިއަޅުވައި، ޖަލަށްލާ، އަނިޔާކުރުމަކީ ޚުދުމުޚުތާރުކަމާ އަނިޔާވެރިކަން. @MMuizzu ދެ ކޮންޓެއިނަރ ސިގިރޭޓް 100 މިލަޔަންރުފިޔާ އަށް ވުރެ ގިނައިން ޑިއުޓީ… https://t.co/ewsgst41J0
— Hussain Mohamed (@HunuboliHussain) October 11, 2025
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ސިނގިރެޓް ކޮންޓެއިނަރތައް އެތެރެކޮށްފައި ވަނީ "ބިންލާދިން ގްރޫޕް"ގެ ނަމުގައެވެ. އަދި މި ގެއްލުނު ސިނގިރެޓްގެ ޑިއުޓީގެ ގޮތުގައި 100 މިލިއަނަށް ވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ ކަމަށް ވެއެވެ.
ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަކަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އެކޮމިޝަނަށް ހާޒިރުވާން ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު