ރާއްޖެ އިސްލާމްވީ ފަހުން މިއީ ކީރިތި ޤުރުއާން ފެތުރުމަށް ޤައުމީ ފެންވަރުގައި އެންމެ ބޮޑަށް މަސައްކަތް ކުރެވޭ ދުވަސްވަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި ރާއްޖޭގައި އިސްލާމީ ޢަޤީދާ ބިނާކުރާނެ ވަރުގަދަ ލީޑަރޝިޕެއް ބިނާކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ރާއްޖެ އިސްލާމްވީ ފަހުން އެންމެ ބޮޑަށް ކީރިތި ޤުރުއާން ފެތުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަމުންދަނީ މި ދުވަސްވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގައި 24 ޙާފިޒުން ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާއިރު އަންނަ އަހަރު މިޢަދަދު 50 ޙާފިޒުންނަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިދައުރު ނިމިގެންދާއިރު ޤުރުއާން ހިތުދަސް 500 ޙާފިޒުންނާއި، 1000 ޒުވާން ޚަޠީބުން ތަމްރީނު ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަންނަ ޤަރުނަށް ދިވެހިރާއްޖޭގެ އިސްލާމީ ޢަޤީދާ ވާޞިލުކޮށްދޭނެ ވަރުގަދަ ސަފެއް ލީޑަރޝިޕެއް މިޤައުމުގައި ބިނާކުރުން އަޅުގަނޑުމެންގެ އަމާޒަކީ." މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ކީރިތި ޤުރުއާނަށް މިދައުރުގެ ތެރޭގައި ދެމުންދާ އިސްކަމާއި އަންނަމުންދާ ކުރިއެރުން ދެމެހެއްޓުމަށް ކީރިތި ޤުރުއާނުގެ ހިދާތުގެ އަލީގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް ފަންޑާއެކު ކުރިއަށް އޮތްތަނުގައި ފީދައްކައިގެން ޤުރުއާން ކުލާސްތަކަށް ދާ ދަރިވަރުންގެ ފީ ހަމަޖެހިގެންދާނީ އެފަންޑުގެ ތެރެއިންކަމަށް މިނިސްޓަރ މިއަދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު