މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވެވި ނަންތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެންއައިސީއަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވާފައި ވަނީ އަލްއުސްތާޛް ޝުޢައިބް ޢަބްދުއްރަޙްމާން އާއި އަލްއުސްތާޛް ޝިފާޒް އަލީ، އާއި އަލީ މުޙައްމަދު މަނިކު، އަދި ފާތިމަތު ޝަރީފްގެ ނަމެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ 4 ބޭފުޅުންނާއި އިންޓަރވިއު ކުރުމަށް ފަހު ކޮންމެ ބޭފުޅަކަށް ވަކިން މާސްކްސް ދީފައެވެ. އެގޮތުން މި ނަންތައް ދިރާސާ ކުރުމަށްފަހު 4 ބޭފުޅުންނަށްވެސް ކޮމިޓީން ވަނީ 75 އިންސައްތައަށްވުރެ މަތިން މާކްސް ދީފައެވެ.

‎އެހެންކަމުން އެ ބޭފުޅުން އެންއައިސީއަށް އައްޔަން ކުރަން ފެންނަ ކަމަށް އެ ކޮމިޓީން ވަނީ ނިންމަވާފައެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން 4 ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ފާސްކޮށްފައި ވަނީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.

އެންއައިސީއަށް މެމްބަރުން އައްޔަނު ކުރުމަށް ހުށަހަޅާފައި މިވަނީ އެ ކޮމިޝަންގެ 4 މެންބަރެއްގެ މަގާމުގެ މުއްދަތު މި މަހުގެ 26ވަނަ ދުވަހަށް ހަމަވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު