ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-
ކުރީގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އޭސީސީއަށް ހާޒިރުވާން ޗިޓު ފޮނުވާޗައިވާތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތަށްވެސް އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވާފައިވާ ކަމަށެވެ. އަދި މިއީ ކަންބޮޑުވާ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިކަން ސިފަކުރެއްވީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން، އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއްގެ ގޮތުގައެވެ.

ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް ސޯލިހު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސް ސޯލިހު މިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އޭސީސީން ބަލަމުންދާ މައްސަލަ ތަކެއްގެ ތަހުގީގަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ އަށްވެސް އެ އެކޮމިޝަނަށް ހާޒިރުވާން އަންގާފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު