އިނގިރޭސިވިލާތުން ރާއްޖޭގެ މަހަށް 20 ޕަސެންޓްގެ ޓެރިފެއް ނަގަނީ ޢާއްމު އުސޫލުން ކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑު މަހަށް ނަގަމުންދާ ޑިއުޓީ ކުޑަކޮށްދީފައިވާކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް އެކަން ކޮށްފައި ނުވާކަމަށެވެ.
ހަމައެއާއެކު ވަޒީރު ވިދާޅުވީ ބްރެކްޒިޓް ގެ ކުރިން އިނގިރޭސިވިލާތުން ރާއްޖޭގެ މަހަށް ނަގަމުން ދިޔައީ 24 ޕަސަންޓު ޓެރިފެއް ކަމަށާއި، މިހާރު ނަގަމުން ދަނީ 20 ޕަސަންޓުގެ ޓެރިފެއް ކަމަށެވެ.
"މިއީ ޕްރިފަރެންޝަލް އެގްރިމެންޓެއް ނެތް ހުރިހާ ޤައުމަކަށް، އެ ޤައުމުން ނަގާ ޓެރިފް." ވަޒީރު ވިދާޅުވިއެވެ.
އޭގެއިތުރުން ވަޒީރު ވިދާޅުވީ، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަތައް ފަށާފައިވަނީ 2016 ވަނަ އަހަރު ކަމަށެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށާނެ ކަމުގެ ޔަޤީންކަން އިނގިރޭސި ސަރުކާރުން ދިންކަމުގެ މަޢުލޫމާތު އެ ވުޒާރާއަށް ލިބިފައިނެތް ކަމަށްވެސް ވަޒީރު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު