މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް
ގައުމުގެ ހުރިހާ ކަމެއްވެސް އެއްވެސް ހަމައެއް ނެތި ހިނގަމުން މިދަނީ ދައުލަތުގެ ތިން ބާރު ޕެރެލައިޒް ވެފައި އޮތުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވެފައި މިވަނީ ގައުމުގައި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާއި، ސަރުކާރުން ހިންގާ ތަފާތު އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތާ ގުޅިގެން ހިއްސާކުރި ޕޯސްޓެއްގައެެވެ.

މިއަދު ރާއްޖޭގެ މަޝްރަހުގައި އެންމެ ހޫނު ހަބަރުތަކަށް ބަލާއިރު، ފުލުހުންގެ "ބޮޑީ ކެމް" ކެމެރާތައް ގަތުމުގައިވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ކޮށްފައިވާ ތުހުމަތުތަކާއި، އުމްރާނީ މަސައްކަތްތައް ހިންގުމަށް ކަމަށް ބުނެ އެމްއޭސީއެލްގެ ދަށުން ކުންފުންޏެއް އުފެއްދުމާއި، އެންވަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އެޕްރޫވް ނުކުރަނީސް ކޮމަންޑޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވުން ހިމެނެއެވެ.

މިކަންކަމަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އައްބާސް ވިދާޅުވީ އެއްވެސް ހަމައެއް، ލަމައެއް، އުސޫލެއް ނެތި މިހިރަ ހުރިހާ ކަމެއްވެސް މިއަދު ހިނގަމުން މިދަނީ ދައުލަތުގެ ތިންބާރު ޕެރަލައިޒްވެފައި އޮތުމުގެ ސަބަބުން ކަމަށެވެ.

ވެރިކަމުގެ ބާރުން އަނެެއް ދެބާރު ހިސޯރުކޮށްފައިވާ މިންވަރު ރައްޔިތުންގެ ލޮލަށް ފެންނަމުން ދާކަމަށާއި، ރައްޔިތުން އިންތިހާބު ކުރި ރައްޔިތުންގެ މަޖިލިސް މެމްބަރުން ސަރުކާރުގެ އުނގަށް ވެއްޓި މަންމަނުވެ ބަސްހުއްޓިފައިވާ މަންޒަރު ސާފުކޮށް ފެންނަމުންދާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ މިއަދު ފެންނަމުން މިދަނީ އެމީހަކަށް އަތުޖެހުނުގޮތަކަށް ހޭބޯ ނާރާ ރައްޔިތުންގެ ފައިސާ ލޫޓުވާ ތަން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު