ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއަށް އޭސީސީން ކޮށްފައިވަނީ ތުހުމަތާ ގުޅުމެއްނެތް ސުވާލު ކަމަށާއި އޭސީސީގެ މެންބަރުންނަށްވެސް ތުހުމަތު ސާފުނޫން ކަމަށް އާއިޝަތު އަލީގެ ވަކީލުން މިއަދު ހާމަކޮށްފިއެވެ.
ޑރ. ޢާއިޝަތު ޢަލީގެ ވަކީލުން މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުގެ ސްވިފްޓް އިންޖިނީރިން ކުންފުންޏަށް ބަދަލު ދިނުމަށް ނިންމުމުގައި އައިޝަތު އަލީގެ މައްޗަށް ތުހުމަތު ކުރެވޭ ނާޖާއިޒް މަންފާ ހޯދައިދިނުމުގެ މައްސަލައިގެ ތަހުގީގަށް ޙާޟިރުވުމަށްފަހު އޭސީސީން ނުކުމެވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
އެގޮތުން ވަކީލުން މިއަދު ވިދާޅުވީ، އޭސީސީގެ މެންބަރުންނަށްވެސް މި މައްސަލައިގައި ޢާއިޝަތު ޢަލީއަށް ކުރެވޭ ތުހުމަތު ސާފުވާހެން ހީނުވާ ކަމަށެވެ. އަދި ބަދަލު ދޭން ނިންމި ކަމަށް އޭސީސީން ތުހުމަތުކުރާ ކޮމިޓީއަކީ ގޮތް ނިންމާ ކޮމިޓީއެއް ނޫން ކަމަށްވެސް ވަކީލް ވިދާޅުވިއެވެ. އޭގެއިތުރުން މި މައްސަލައާ ގުޅޭ ގިނަ ލިޔެކިޔުންތައް ވެސް އޭސީސީގައި ނެތްކަން ވަކީލު ފާހަގަ ކުރެއްވިއެވެ.
ޑރ. ޢާއިޝަތު އަލީ މިއަދު އޭސީސީއަށް ޙާޟިރު ކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. އަދި ކުރީގެ ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތަށްވެސް އޭސީސީން ވަނީ ޗިޓް ފޮނުވާފައެވެ.
މި މައްސަލާގައި ސްވިފްޓްގެ ވެރިޔާ ސަޢުދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަޢުދު ވިދާޅުވީ، ސްވިފްޓު އިންޖިނިއަރިން އިން ކުރިއަށް ގެންދިޔަ 6 ޕްރޮޖެކްޓަކުން ރައީސް ޔާމީން ސަރުކާރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާތީ ސްވިފްޓަށް ލިބުނު ގެއްލުމަށް ބޭނުންވަނީ ފައިސާތޯ ނުވަތަ ޕްރޮޖެކްޓުތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސެޓަލްމެންޓު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ކަމަށެވެ.
އަދި ރައީސް ޞާލިޙްގެ ސަރުކާރުން ސްވިފްޓަށް ބަދަލެއްގެ ގޮތުގައި ފައިސާ ދީފައި ނުވާ ކަމަށާއި، ނަމަވެސް ވަކިކުރި 6 ޕްރޮޖެކްޓުގެ ތެރެއިން 4 ޕްރޮޖެކްޓުގެ ވެލިއުއަށް ފެތޭ ގޮތަށް، 5 ޕްރޮޖެކްޓެއް ދީފައިވާތީ މި މައްސަލާގައި ދައުލަތަށް ލިބިފައިވާނީ ފައިދާ ކަމަށް ސަޢުދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު